ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުން ވެސް އެ މަގާމަށް ޝަރުތު ހަމަވާ ކަމަށް ޕޮލިސް ބޯޑުން ނިންމައިފިއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް މިދިޔަ އޭޕްރީލް 26ގައި އިސްތިއުފާ ދެއްވުމުންނެވެ.
އެއާއެކު ސީޕީގެ މަގާމަށް ކުރިމަތިލާން ހުޅުވައިލި މުއްދަތުގައި، އެ މަގާމަށް ކުރިމަތިލެއްވީ ތިން ބޭފުޅުންނެވެ. އެއީ:
- މިހާރު ވަގުތީގޮތުން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން
- ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ
- ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވައިލީ، މެއި 27ގައެވެ. ހޯމް މިނިސްޓްރީން ކުރި އިންޓާނަލް އިއުލާނެއްގައި ވަނީ، މި މަގާމަށް ކުރިމަތި ލެވޭނީ ފުލުހުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު ކަނޑައެޅުމުގެ ކުރިން، އެ މަގާމަށް ކުރިމަތިލާ މީހުންނާ ޕޮލިސް ބޯޑުން އިންޓަވިއުކުރެއެވެ. އެއަށް ފަހު ކޮމިޝަނަރަކު އައްޔަން ކުރާނީ މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
މި ތިން ބޭފުޅުން ވެސް މަގާމަށް ޝަރުތު ހަމަވާކަމަށް ޕޮލިސް ބޯޑުގެ އޮފިޝަލަކު "ސަން"އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ސީޕީގެ މަގާމުގައި ހުންނެވި ޝުޖާއު އިސްތިއުފާދެއްވީ، މިދިޔަ މާޗު މަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ފާޑުކިޔުން އަމާޒުވެ، ޝުޖާއުގެ އިސްތިއުފާއަށް ޒުވާނުން ގޮވައިލަމުން ދަނިކޮށެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމުން އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ފަރުހާދު ފިކުރީއެވެ. ނަމަވެސް, އޭގެ ގަޑިއިރެއް ފަހުން ވަނީ އޭނާގެ އަތުން މަގާމު ނަގައި އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފައެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ ޕޮލިސް ކޮމިޝަނަރަކަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ވާދަ ކުރެއްވީ ވެސް ޝުޖާއުއާއި ނަވީންއެވެ.
comment ޝިޔާމް
2 week 5 day ago
މިއީ ވަރަށް ޑިޕްލޮމެޓިކް ސުރުޚީއެއް. ނޫސްވެރިކަމުގެ ތެރެއިން މިފަދަ ޑިޕްލޮމެޓިކް ސުރުޚީތައް މަދުން ނަމަވެސް ފެންނާތީވެ އުފާކުރަން. ކުރީގެ ފުލުހުންގެ އިދާރާގަ ގިނަ ދުވަހު މަސައްކަތްކުރި މީހެއްގެ ޚައިސިއްޔަތުން، މިވަގުތަށާއި، ޤާބިލްކަމަށް ބަލާއިރު ސީޕީކަމުގެ މަޤާމަށް ރަނގަޅުވާނީ ޑީސީ ނަވީން. ޑީސީ ފަރުހާދަކީވެސް ރަނގަޅު ބޭފުޅެއް، ނަމަވެސް ޑީސީ ފަރުހާދަށްވުރެ އޭސީޕީ ޝަމީމް ރަނގަޅުވާނެ. ނަމަވެސް، ޝަމީމަކީ އިންވެސްޓިގޭޝަން އެއްވެސް މިންވަރަކަށް ތަޖުރިބާ ހުންނާނެ ބޭފުޅެއް ނޫންވިޔަސް އޮޕަރޭޝަނަލީ ވ ރަނގަޅު ބޭފުޅެއް. އަޅުގަނޑު ޑީސީ ނަވީންގެ ވާހަކަ މި ދެންނެވީ، ތަޢުލީމީވެފަ، ތަޙްޤީޤްގަ އެންމެ ފުންނާބުއުސް އެއް ބޭފުޅަކަށްވާތީއާއި، ގުޑް ގަވަނެންސްއާއި، އިންޓާނަލް އަދި އިންޓަނޭޝަނަލް އެޕޮއިންޓަމަންޓް ހިސްޓްރީއާއި، ޕޮލިސް އިންޓަނޭޝަނަލް ކޮމިއުނިޓީ ދަންނަ މީހަކަށްވުމުގެ އިތުރުން ހުށަހެޅުންތެރިކަމާއި ލިޔުންތެރިކަމުގެ ފަންނަށްވެސް މާރަނގަޅުވާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. ހުރިހާ ބޭފުޅުންނަށްވެސް، ކާމިޔާބަށް އެދެން!
comment މޫސަބޭ
2 week 5 day ago
3 ސީޕީން ވެސްލައިގެން ގައުމް ހަމަޔަކައްއެޅުވޭތޯ ބަލާބަލަ މިގައުމާއެއވަރައް މަޖޮލިސްމެންބަރުންނައްމުސާރަދޭ އެއވެސް ގައުމެއް މިދުނިޔެއަކުނެއް ސިޔާސީމީހުންނައްމުސާރަދޭވަރައް ދުނިޔޭގެއެއންވެސްގައުމެއްގަ މުސާރަނުދޭ ނޮހޮވޭރައީސިންނައްނައް ދޭއިނާޔައްތަކައްބަލާއިރު ގައުމްގެ ބަޖެޓު މިމީހުންނައްދޭންޖެހޭ ނުހޮވުނަސް ހޮވުނަސް ނުހޮރައްޕާނެއް