ޓެލްއަވީވު (16 ޖޫން 2025): އީރާނުން އިސްރާއީލަށް ހަމަލާދޭ ބާރުގަދަ ހައިޕާސޮނިކް މިސައިލްތައް އިސްރާއީލުގެ ބިންގަރާސްތައް ވެސް ފޫއަޅުވާލަމުންދާތީ މުޅި އިސްރާއީލުގައި ބިރުވެރިކަން ފެތުރިފައިވާ ކަމަށް އިސްރާއީލުގެ ޓީވީ ނެޓްވާކެއް ކަމަށްވާ ޗެނެލް 12 އިން ބުނެފިއެވެ.
ޗެނެލް 12 އިން ފޮނުވި ރިޕޯޓަކާ ހަވާލާދީ އިސްރާއީލުގައި ހުންނަ އަލްޖަޒީރާގެ މުރާސިލު އިލްޔާސް ކައްރާމް ބުނި ގޮތުގައި ރޭ ފަތިހު އީރާނުން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ފޮނުވާލި މިސައިލެއް އިސްރާއީލުގެ ބިމުއަޑީގެ ބިންގަރާހަކަށް އެރުމުގެ ސަބަބުން ތިން މީހަކު މަރުވެ، 30 އަށް ވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.
އީރާނުގެ މި މިސައިލް އިސްރާއީލުގެ ބިންގަރާހަށް އަރައި އެ ތަން ހަލާކުކޮށްލީ އިސްރާއީލު ބޭނުންކުރާ ދުނިޔޭގެ އެންމެ އެޑްވާންސް އަދި އެންމެ ސޮފިސްޓިކޭޓެޑް ވައިގެ ދިފާއީ ނިޒާމުގެ ހަ ނިޒާމު ފޫއަޅުވާލާފައެވެ. އެއީ، އެމެރިކާގެ އެހީގައި އިސްރާއީލުގައި އުފައްދާފައިވާ "އާރޯ ވަން" އާއި "އާރޯ ޓޫ" އަދި އަޔަންޑޯމްއާއި ޑޭވިޑް ސްލިންގް މި ހަތަރު ނިޒާމާ އަދި އެމެރިކާގައި އުފައްދާ އެންމެ އެޑްވާންސް ދެނިޒާމުކަމަށްވާ "ތާޑް" އާއި "ޕެޓްރިއޮޓް" ދެ ނިޒާމާ އެކު ޖުމުލަ ހަ ނިޒާމެވެ.
މި ނިޒާމުތައް ފޫއަޅުވާލުމުގައި އީރާންގެ މިސައިލްތައް ކާމިޔާބު ހޯދުމުގެ ސަބަބުން އިސްރާއީލުގެ ވެރިންނާއި މުޅި ރައްޔިތުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި، އިސްރާއީލުގެ އެންމެންނަށް މިހާރު އިހުސާސް ކުރެވެނީ އެ މީހުން މިހާރު ތިބީ އީރާނުގެ ކުރިމަތީގައި އެއްވެސް ހިމާޔަތެއްނެތި ކަމުގައެވެ.
ހިމާޔަތްދޭ އެމެރިކާއަށް ވެސް މި ހާލަތުގައި ކޮށްދެވޭނެ އެއްވެސް ކަމެއްނެތްކަމުގެ އިހުސާސް ކުރެވި މުޅި އިސްރާއީލު އޮތީ ގޮތްހުސްވެފައި ކަމަށާއި އިސްރާއީލު ހަލާކާ ދިމާއަށް ދިޔައީ އަމިއްލައަށް ކަމަށް ވެސް މި ރިޕޯޓް ބުނެއެވެ. އީރާނުން ފޮނުވާ މިސައިލްތަކުގެ ތެރެއިން އިސްރާއީލުގެ ހަ ދިފާއީ ނިޒާމަށް ވައްޓާލެވެނީ އާދައިގެ ބަލިސްޓިކް މިސައިލްއާއި ކްރޫޒް މިސައިލެވެ. ދެން އީރާނުގެ ޑްރޯންއެވެ.

އީރާނުގެ ހައިޕާސޮނިކް މިސައިލެއް އެރުމުގެ ސަބަބުން އިސްރާއީލުގެ އެންމެ ބޮޑު ނިއުކްލިޔާ ރީސާޗް މަރުކަޒުކަމަށްވާ ވައިޒްމަން އިންސްޓިޓިއުޓް ހަލާކުވެފައި
ނަމަވެސް، އީރާނުން ފޮނުވާ 16 މާޚް (އަޑަށްވުރެ 16 ގުނަ ބާރަށް ދަތުރުކުރާ)ގެ ހައިޕާ ސޮނިކް މިސައިލް ވައްޓާލުމަކީ މި ހަ ނިޒާމަށް ވެސް ކުރެވޭކަމަކަށް ނުވާތީ އީރާނުގެ ފަސްވަނަ ޖީލުގެ ޒަމާނީ މިސައިލްތަކަށްވުރެ އެމެރިކާއާއި އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް މާ މުސްކުޅިވެފައި މާ އައުޓްޑޭޓް ކަމަށް އިސްރާއީލުގެ ޗެނަލް 12 ގެ ރިޕޯޓް ބުނެއެވެ. މުޅި އިސްރާއީލު ބިރުގެންފައިވަނީ މިކަމުގެ ސަބަބުންނެވެ.
ރޭ ފަތިހު އީރާނުން އިސްރާއީލަށް ފޮނުވާލި ހައިޕާސޮނިކް ނުވަ މިސައިލް ވެސް ވަނީ އިސްރާއީލުގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށް ފަހު އޭގެ އަމާޒަށް ވާސިލުވެފައެވެ. މިކަމުގެ ސަބަބުން ވެރިރަށް ޓެލްއަވީވާއި ދެވަނަ ސިޓީކަމަށްވާ ހައިފާގެ އެތައް އިމާރާތެއް ބިމާހަމަވެ، އަނެއްބައި އިމާރާތްތައްވަނީ ދެން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
މި ހަމަލާތަކުގައި އިސްރާއީލުގެ އަށް މީހަކު މަރުވެ، 287 މީހަކުވަނީ ޒަޚަމުވެފައެވެ. އަދި، ބައެއް މީހުންވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައެވެ. މީގެ ތެރެއިން ބައެއް މީހުން ކޮންކްރީޓްތަކުގެ ދަށުން އަދިވެސް ނުނެގޭ ކަމަށް އިސްރާއީލުގެ މީޑިއާތައް ބުނެއެވެ.
އީރާނުން އިއްޔެ އިސްރާއީލަށް ދިން ހަމަލާތަކުގައި 10 މީހުން މަރުގެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ. އަދި، އިއްޔެ ވައްޓާލި އިމާރާތްތަކުގެ ދަށުވެފައިވާ މީހުންގެ ތެރެއިން ވެސް ބައެއް މީހުން އަދިވެސް ނުނެގޭ ކަމަށް ޚަބަރުތައް ބުނެއެވެ. އީރާނުން ތިން ދުވަސް މަތިން އިސްރާއީލަށް ދިން ހަމަލާތަކުގައި އިސްރާއީލުގެ އަސްކަރީ ބޭސްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިކަމަށް ރިޕޯޓްތައް ބުނެއެވެ.
އަދި، ނިއުކްލިޔާ މަރުކަޒުތަކާއި މިލިޓްރީ ރީސާޗް މަރުކަޒުތަކާއި ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެއެވެ. ނަމަވެސް، އިސްރާއީލު ގެންދަނީ މި ކަންކަން ފޮރުވައި ސިއްރު ކުރަމުންނެވެ. އިސްރާއީލުން މިކަން ސިއްރުކުރި ނަމަވެސް ހަގީގަތްދަނީ ވަރަށް ބޮޑަށް ހާމަވަމުންނެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ ރައްޔިތުން ޝަހީދުވަމުންދާ ގޮތަށް އީރާނުގެ ހަމަލާތަކުގައި އިސްރާއީލު މީހުން މަރުވަމުންދާތަނާއި އިސްރާއީލުގެ އެކި ސަރަހައްދުތައް މުޅިން ފުނޑުފުނޑުގެ ކުދިކުދި ޣައްޒާ ގޮތަށް އެ ތަންތަން ވަނީ ފެންނަން ފަށާފައެވެ.

މިއަދު އީރާނުން ދިން ހަމަލާތަކެއްގައި ހަލާކުވެފައިވާ އިސްރާއީލުގެ ހައިފާ ސިޓީގެ އިމާރާތްތަކެއް
އީރާނުން ރޭ ފަތިހު ދިން ހަމަލާއެއްގައި އިސްރާއީލުގެ ތެޔޮ ސާފުކުރާ އެންމެ ބޮޑު ކާރުޚާނާގެ ބޮޑުބައެއް ވެސް ވަނީ ހަލާކުވެފައެވެ. އަދި، އިސްރާއީލުގެ ކަރަންޓް އުފައްދާ ސްޓޭޝަނަކަށް ހަމަލާދިނުމުގެ ސަބަބުން އެ ތަން ވެސް ވަނީ ހަލާކުވެފައެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި އިސްރާއީލު ބޭނުންކުރާ އެމެރިކާގެ އެންމެ އެޑްވާންސް ވައިގެ ދިފާއީ ދެ ނިޒާމު ކަމަށްވާ "ތާޑް"އާއި "ޕެޓްރިއޮޓް" އީރާނުގެ ޒަމާނީ ފަސްވަނަ ޖީލުގެ މިސައިލްތަކާ ކުރިމަތިލުމުގައި ފެއިލްވުމަކީ އީރާނާ ދެކޮޅަށް އިސްރާއީލުގެ ދިފާއުގައި މި ހަނގުރާމައަށް ވަންނަން އެމެރިކާ ޖެހިލުންވާނެ ކަމެކެވެ. އެއީ، އީރާނުން ހައިޕާސޮނިކް މިސައިލެއް އެމެރިކާގެ އެއާކްރާފްޓް ކެރިއާ މަނަވަރަކަށް އަމާޒުކޮށްފިނަމަ އެ މިސައިލް ހުއްޓުވުމުގެ ގާބިލުކަން އެމެރިކާގައި ނެތުމުންނެވެ.
މިފަދަ ހާލަތެއްގައި އެމެރިކާގެ އެއާކްރާފްޓް ކެރިއާ މަނަވަރަށް އީރާނުގެ މިސައިލެއް އަރައި އޭތި ގޮވައިފިނަމަ އެއީ އެމެރިކާ ބޮލާ ފޮށައި އެޅި ލަދުން ބޯ ހިއްލާލަން ނުކެރޭނެވަރުގެ ކަމަކަށް ވާނެތީއެވެ. އަރަބި ގައުމުތަކުގައިވާ އެމެރިކާގޭ ބޭސްތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދީފިނަމަ ހައިޕާސޮނިކް މިސައިލުން އެ ގައުމުތަކަށް އީރާނުން ހަމަލާދޭނެކަމަށް ބެލެވޭތީއެވެ.
އިސްރާއީލު ވެސް އީރާނުގެ އެކި ތަންތަނަށް ހަމަލާދީ އީރާނަށް ގެއްލުންތައް ދީ އީރާނުގެ އާންމުން ވެސް ޝަހީދު ކުރަމުން ގެންދެއެވެ. ނަމަވެސް، ތަފާތަކީ ކުރިޔާ ޚިލާފަށް މިހާރު އީރާނުގެ ހަމަލާތަކުން އިސްރާއީލަށް ވެސް ރައްކާތެރިކަން ނެތުމުންނެވެ. އީރާނުގެ ޒަމާނީ ޓެކްނޮލޮޖީގެ ހައިޕާސޮނިކް މިސައިލްތަކުގެ ކުރިމަތީގައި އިސްރާއީލުގެ ދިފާއީ ނިޒާމުތައް ބާވެ ފެއިލްވެފައި ވުމެވެ. އީރާނުގެ ހަމަލާތަކުގެ ކުރިމަތީގައި އިސްރާއީލަށް ހިމާޔަތް ނެތުމުންނެވެ. ކުރިން އިސްރާއީލު ފަޚުރުވެރިވީ އިސްރާއީލުން ޣައްޒާއާއި ލުބްނާނާއި ސޫރިޔާއަށް ހަމަލާދީފައި އިސްރާއީލަށް ސަލާމަތް ވެވޭތީއެވެ. ނަމަވެސް، އީރާނާ ޖެހުމުން މި އޮތީ ހިމާޔަތް ގެއްލި ރައްކާތެރިކަން ވެސް ގެއްލިފައެވެ.
comment މުހަންމަދު
4 week 4 day ago
ބޮޑަށް ޒަޔަނިސްޓުން ކަށް ގެއްލުންވާ ވާހަކަ ދެއްކުމަކީ ދުނިޔޭގެ ސިމްޕަތީ ހޯދަން އާންމުކޮށް ހުޅަނގުގެ މީޑިއާ އުކުޅެކޭ ބުނެވިދާނެ. ތާރީޚް ބުރަވަނީ އެގޮތަށް. އިރާނަށް ވި ގެއްލުމާ އަޅާ ގާތަށްވެސް ޒަޔަނިސްޓުން ކަށް ކަމެއްވިނަމަކަ ހުޅަނގަށް ކެތެއް ނުވާނެ. އެ ޒަޔަނިސްޓް މައިގަނޑަކީ ހުޅަނގުގެ ހިތްކަމަށްބެލެވޭ ގައުމު.
comment އަހްމަދު
4 week 4 day ago
އަޅުގަނޑު މިހާރު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އެމެރިކާ އާއި އެމެރިކާގެ ބޭސްތައް އޮންނަ ގައުމުތަކުން އިރާނަށް ހަމަލާދޭން އޭރުން އެމެރިކާ އާއި އެމީހުންގެ އެކުވެރި ގައުމުތަކަށް އިރާނުގެ އަސްލު ސައިޒު ދައްކާލާ އެމެރިކާ އަށް ހުންނާނީ ރާކާނި މަސް ކެވިފަ
comment ނަސީބު
4 week 5 day ago
މި ރި÷ޯޓު ކިޔާލެވުނީމަ ހިތަށް ފިނިކަމެއް ލިބޭ
comment ޖިމޯ
4 week 5 day ago
ޔާﷲ. އީރާނުގެ ހިތްވަރުގަދަ މުޖާހިދުންގެ ހަމަލާއަކުން ޒަޔަނިސްޓް ޔަހޫދީ ޖައްބާރު ނަތަންޔާހޫ އަބަދުގެ އަބަދަށް ނެތިކުރައްވާނދޭވެ.
comment ޢައިން
4 week 5 day ago
الحمدلله
comment ހާދަ ދެރަޔޭ
4 week 5 day ago
ޒަމާނީ ހަތިޔާރުން މިހާރު މިކުރާ ގޮތަށް ހަނގުރާމަ ކޮށްގެން ހުރިހާ ގެއްލުމެއް ލިބޭނީ ދެ ފަރާތުގަ ތިބި އާއްމު ރަށްޔިތުންނަށް. އެކަމަކު ކީއްކުރާނީ؟؟ އިޒުރޭލުން މަޖުބޫރުކޮށްފި އިރާން ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން. ހުރިހާ މޮޅެއް އެމެރިކާއަށާއި އެވެރިންގެ ހަތިޔާރު ކުންފުނިތަކަށް..ތިޔަ ޔަހޫދީ ބައިގަނޑުގެ ބަލާވެރިކަމުން ސަލާމަތްވާނީ އިމާމް މަޙްދީގެފާނުގެ ލަޝްކަރު ނުކުތުމުން. އިރާން އެކަނި ނުކުމެ ހަނގުރާމަ ކުރިޔަކަސް ތިޔަ ބައިގަނޑުގެ ކިބައިން ސަލާމަތެއް ނުވާނެ.
comment ޙަސަނުގެދަރި
4 week 5 day ago
ޙަނގުރާމައިގައި ލިބޭ ގެއްލުންތަކުގެ ވީޑިއޯއާ ފޮޓޯތައް ދެއްކުން އިޒްރޭލް ސަރުކާރުން މަނާކުރާ އިރު މިހާ ބޮޑެތި ގެއްލުން ލިބުނު ކަމުގެ ވާހަކަ ދެއްކުމަކީ ޕްރޮޕެގެންޑާއެއްނޫންބާ
comment 1206
4 week 5 day ago
ހަމަ ކުނޑި ކުނި ފުކެއް ވެސް އިޒްރާއީލް ދޫ ނުދިނުމަށް އީރާނުގެ ކިބައިން އެދެން. އިޒްރާއީލް ފުނޑުފުނޑުވެ އަނދައި ހުލިވެ އަޅިޔަށްވެ ނިމި ދިޔުން އަހަރެންގެ ދުޢާއަކީ. ޔާ އިލާހީ ޔާ ﷲ. އިބަ އިލާހީ ދެކެ އައްސަވާ އިޖާބަކުރައްވާ އިލާހެވެ.
comment ކަލޯ
4 week 5 day ago
ބިންގަރާސްތައް ފޫއަޅުވާލާތީ ނަތަންޏާހޫ މިހާރު އޮންނާނީ ބިރުން ނަފްސާނީވެފަ..ތިޔަތަނުން މިސައިލެއް އެކަލޭގެ ފިލާއޮތް ބިންގަރާސް ފޫއަޅުވާލާތޯ ދުޢާކުރަން.
comment ޢައްލޮ
4 week 5 day ago
ޖަވާދު ލިޔުންތަކަކީ އަބަދުވެސް ކިޔާހިތުން ކިޔާލެވޭ ލިޔުންތަކެއް. ދެން ކިޔުންތެރިންނަށް ގެނެސްދެވިދާނެތޯ މިސައިލް މަސައްކަތް ކުރާގޮތް ....
comment ފަށްފަށުން ޝުކުރު
4 week 5 day ago
ސާބަހޭ. ދޫނުކުރާތި. މިއޮތީ ރަނުގެ ފުރުޞަތެއް ލިބިފަ މި ނުބައި ނުލަފާ އިސްރޭލުގެ ދުވަސް ދުއްވާލަން. ރަނގަޅަށް ތަޅާލާތި. ސާބަސް އީރާން. ސާބަސް. މާތްﷲގެ ވާގިފުޅާއެކު އިސްރޭލު ފުނޑުފުނޑު ކޮށްލެވޭނެ.
comment ވަހީދު
4 week 5 day ago
ސަޅި ރިޕޯރޓެއް. މިއީ ޔަހޫދީން މެދުއިރުމަތީގެ ވުޖޫދުން ފޮހެލަން ވީ ވަގުތު.
reply ޢާދަނު
4 week 5 day ago
ކިހިނެއް ފޮހެލާނީ އެމެރިކާ އިނގި ރޭސިން ތިބޭނީ އަބަދުވެސް ޔަހޫދީންގެ ދިފާއުގަ އަނެއްކާ އީރާން ކައިރީގައި ތިބި އުރުދުން އޮމާންފަދަ ގައުމު ތަކުންވެސް ޔަހޫދީންނަށް އެހީވުމުވެ ގޮތުން އީރާންގެ މިސައިލް ތަކަށް ހުރަސް އެޅުމުގެ މަސަކަތް ކުރާ ކަމަށް އަޑު އިވޭ
comment ރަޝިޔާ
4 week 5 day ago
الحمدلله. 🤲