ސުޕްރީމް ކޯޓުން ވެސް ޝައްމާން މިނިވަނެއް ނުކުރި

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝައްމާން: އޭނާ ދުލެއް ނުކުރި ---

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ބަންދުން ދޫކޮށްލަންޖެހޭ ހާލަތެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފިއެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މާރިޗު 21ވަނަ ދުވަހުގެ ރެއެވެ. އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ މައްސަލަ ޝައްމާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ނިންމީ ޝައްމާންގެ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށެވެ. އެ ގޮތުން، އެ މައްސަލައިގައި އޭނާއާ ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުންނަކީ ކުރިން އޭނާގެ ދަށުން މަސައްކަތްކުރި މީހުން ކަމުން އެ މީހުންގެ ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

https://sun.mv/206481

އެ މައްސަލަ ޝައްމާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުުމުން އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ ޝައްމާން މިނިވަންކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިފައެވެ.

އެކަމަކު، ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބައިވެރިވުމަކާނުލައި ތަހުގީގުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން ވަނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފައެވެ.

މި މައްސަލައިގައި ޝައްމާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރި އަމުރު ބާތިލުކޮށްދޭން އޭނާގެ ފަރާތުން އެދުނު ނަމަވެސް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ އެ އަމުރު ބާތިލުކުރެވޭނެ ތަނެއް ނެތް ކަމަށެވެ. އެހެންވެ، ޝައްމާންގެ ބަންދު ދެމިއޮންނާނެއެވެ.

ޝައްމާން ހައްޔަރުކުރީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާން ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގައެވެ.

https://sun.mv/205977

ފާހަގަކޮށްލެވޭ ގޮތުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ޝައްމާންގެ މައްޗަށް ވަނީ ބޮޑު ތިން ދައުވާއެއް އުފުލައިފައެވެ. އެއީ:

  1. ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ: ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަތުވެދާނެ ދައުވާއެއް.
  2. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ: ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ދައުވާއެއް
  3. މަނީ ލޯޑްރިންގެ ކުށުގެ ދައުވާ: ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެ

https://sun.mv/205127

މި މައްސަލައިގައި ޝައްމާންގެ އާއިލާއިން މީގެ ކުރިން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުންކަމަށެވެ. އަދި، ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން "ވީޑިއޯ"އެއް ކަމެއް އާއިލާގެ ބަޔާނުގައި ނުބުނެއެވެ.

ހޯމް މިނިސްޓްރީ ހިންގުމާއި އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާން ވަނީ ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގާފައި ކަމަށް އާއިލާއިން ތުހުމަތުކުރިއެވެ.

އެކަމަކު، އެ ތުހުމަތުތައް ހޯމް މިނިސްޓަރު އިހުސާން ދޮގުކުރައްވައެވެ. އޭނާ ވިދާޅުވީ، ޝައްމާން ފްރޭމްކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި އޭނާއާ މައްސަލައެއް ވެސް ނުޖެހޭ ކަމަށެވެ. އެކަމަކު، އޮންނަ އުސޫލުގެ ތެރެއިން ކޮންމެ މީހަކު ކުށެއް ކުރުމުން ވެސް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް