ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ "ގައުމީ ޟޯޓް ކޯސް ސްވިމިން ކޮންޕެޓިޟަން 2025" ފެތުމުގެ މުބާރާތުގެ ޗެެމްޕިއަންކަން އަޔާނާ އަރީފްއާއި ދާއިން އަހުމަދު ޝަގީފް ހޯދައިފިއެވެ.
ހުޅުމާލޭ ސްވިމިން ޕޫލުގައި ޖޫންމަހުގެ 14 އިން 18 އަށް ކުރިއަށްދިޔަ މުބާރާތުގެ ސީނިއާ ގުރޫޕްގެ އަންހެން ޗެމްޕިއަންކަން އަޔާނާ ހޯދިއިރު، އޭނާ ވަނީ މި އަހަރު ބޭއްވި ނޭޟަނަލް އޯޕަންވޯޓާ އަދި ދިރާގު މާލޭ އޯޕަންގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.
މުބާރާތުގެ ސީނިއާ ގުރޫޕްގެ އަންހެން ދެވަނަ ހޯދާފައިވަނީ އަލީނާ ޟާހިދާއި ލައިލީ އަހުމަދު ނަވާޒު އަދި ސީނިއާ ގުރޫޕްގެ ތިންވަނަ ފެތުންތެރިއަކީ ލައިބާ ހަސަން މަނިކެވެ.
މި މުބާރާތުގެ ސީނިއާ ގުރޫޕްގެ ފިރިހެން ދެވަނަ ހޯދާފައިވަނީ މުބާލް އައްޒާމު އިބްރާހީމާއި ލޫތު މުހައްމަދު ހުސެއިން އަދި ތިންވަނަ ހޯދާފައިވަނީ އަލީ އިއްމާންއެވެ.

މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން--
މި މުބާރާތުގެ ޖޫނިއާ ގުރޫޕްގެ އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ މި އަހަރު ބޭއްވި ޗެމްޕިއަންސް އޮފް ޗެމްޕިއަން އަންހެން މުބާރާތުގެ އެއްވަނަ ފެތުންތެރިޔާ އަމްނާ ތަޒްކިޔާ މިރުސާދެވެ. ދެވަނަ އައިރާ ޝިރްނީލް ހޯދިއިރު ތިންވަނަ ހޯދާފައިވަނީ ލިންޑާ އިމްރާނެވެ.
ޖޫނިއާ ގުރޫޕްގެ ފިރިހެން އެއްވަނަ އަލްޔާން ޝިފާން ހޯދިއިރު ދެވަނަ ހޯދާފައިވަނީ ދާނިއަލް އަމީން ފައިސަލެވެ. އަދި ތިންވަނަ ފެތުންތެރިއަކީ އަލްފީ ސަމާހު ހަލީމެވެ.
ޖުމްލަ ހަތް ކުލަބަކުން 12 ޓީމް މި މުބާރާތުގައި ވާދަކޮށްފައިވާއިރު 120 ފެތުންތެރިން މި މުބާރާތުގައި ވަނީ ވާދަކޮށްފައެވެ. މުބާރާތުގެ އަންހެން ޗެމްޕިއަން ޓީމަކީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޟަނެވެ. އަދި ފިރިހެން ޗެމްޕިއަނަކީ ސްޕޯޓްސް ނޭޗާރ އެވެ.