މައިންބަފައިންގެ ހައިސިއްޔަތުން، ދަރިފުޅުގެ ފެނުން ރައްކާތެރިކުރުމަކީ އެންމެ މެންމެ މުހިންމު އެއް ކަންތަކެވެ. ވަރަށް ގިނަ އޮޕްޝަންތައް ހުރުމާއެކު، ދަރިފުޅަށް އެންމެ ރަނގަޅު އައިނު ޚިޔާރުކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް އެ ކުދީންގެ ލޮލުގެ ސިއްހަތާއި، އައިނު ކަމުދާ ވަރަށް ވެސް މި ނިންމުން ނިންމާއިރު ބަލަން ޖެހެއެވެ.
މަޝްހޫރު ކުޑަކުދިންގެ އައިނު ބްރޭންޑެއް ކަމަށްވާ ވިސްޓާ ނެނޯ ތައާރަފުވުމާއެކު، ގިނަ ދުވަހު ބޭނުންކުރެވޭ އަދި ޒަމާނީ އައިނު ހޯދުން މިހާރު ވަނީ ވަރަށް ފަސޭހަވެފައެވެ.

ކުޑަކުދިންގެ އައިނު ބްރޭންޑެއް ކަމަށްވާ ވިސްޓާ ނެނޯގެ އައިނުތައް -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މި ގައިޑުގެ އެހީގައި ދަރިފުޅަށް އެންމެ ރަނގަޅު އައިނު ނަގާއިރު ވިސްނަންޖެހޭ މުހިންމު ކަންތައްތަކެއް ބަޔާންކޮށްދޭނެއެވެ. މި ގޮތުން އެ ކުދީންގެ ހަރަކާތްތެރި ދިރިއުޅުމާއެކު، ލޮލުގެ ފެނުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ޔަގީންކޮށްދޭނެއެވެ.
ކުޑަކުދިންގެ އައިނުގެ މުހިންމުކަން
ލޮލުގެ ފެނުމަކީ ކުޑަކުދީންގެ ކުރިއެރުމަށް ވަރަށް މުހިންމު ހިއްސެކެވެ. މީގެ ތެރޭގައި ކްލާސްރޫމުގައި އުނގެނުމާއި ކުޅިވަރުކުޅުމާއި، އަމިއްލައަށް ކަންކަން ދަސްކުރުން ހިމެނެއެވެ.
ދަށް ފެންވަރުގެ އައިނުގެ ސަބަބުން އުނދަގޫވުމާއި، އަވަސް އަވަހަށް އައިނު ބަދަލުކުރަން ޖެހުމާއި، އައިނު އެޅުމަށް އެ ކުދީން ފަސް ޖެހުމަކީ ގާތް ކަމެކެވެ. އެންމެ ރަނގަޅު އައިނަކީ އަރާމުކޮށް އަޅައިގެން ހުރެވި، ޒަމާނީކޮށް، ގިނަ ދުވަހު ބޭނުންކުރެވޭގޮތަށް އެ ކުދީންގެ ހަރަކާތްތެރި ދިރިއުޅުމުގައި، އެ ކުދީންގެ ޝަޚުސިއްޔަތު ބިނާކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާންޖެހެއެވެ.

ކުޑަކުދިންގެ އައިނު ބްރޭންޑެއް ކަމަށްވާ ވިސްޓާ ނެނޯގެ އައިނުތައް -- ފޮޓޯ/މާނިއު މުހައްމަދު
ކުޑަކުދިންގެ އައިނު ހޮވާއިރު ވިސްނަންޖެހޭ މުހިންމު ކަންތައްތައް
1. ގިނަ ދުވަހު ބޭނުންކުރެވުން: ކުޑަކުދިންނަކީ ތަބީއީގޮތުން ހަލަނި ބައެކެވެ. ދުވުމާއި، ފުންމުމާއި ކުޅިވަރު ކުޅުމަކީ އެ ކުދީންގެ އާދަތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.
އައިނު ހުންނަންވާނީ އެ ކުދިންގެ ހަލަނި ދިރިއުޅުމަށް އެކަށޭނަ ގޮތަށެވެ. ވިސްޓާ ނެނޯ ފްރޭމްތައް ހަދާފައި ހުންނަނީ ސްލިފްލެކްސްއިންނެވެ. މިއީ ޕޭޓެންޓް ކުރެވިފައިވާ، ލުއި އަދި ދެމޭ މެޓީރިއަލެކެވެ. މި ފްރޭމްތައް ލަންބުވައިލެވޭތީ ހަލާކެއް ނުވާނެއެވެ. އެއާއެކު ހަލާކުވެގެން އައިނު އައުކުރަން ކުރަންޖެހޭ ޚަރަދު ސަލާމަތްވީއެވެ.

ކުޑަކުދިންގެ އައިނު ބްރޭންޑެއް ކަމަށްވާ ވިސްޓާ ނެނޯގެ އައިނުތައް -- ފޮޓޯ/މާނިއު މުހައްމަދު
2. ފަސޭހަކަން: މުޅި ދުވަހު އައިނު އެޅިޔަސް ޝަކުވާއެއް ނެތް
ކުދިން އަބަދު ވެސް އައިނު އަޅާކަން ޔަގީންކުރުމަށް އައިނުގެ ފަސޭހަކަމަކީ ވަރަށް މުހިންމު ކަމެކެވެ. ފްރޭމް ރަނގަޅަށް ބޮލަށް ނުފެތޭނަމަ، އުނދަގޫވުމާއި ހެލިފެލިވެ އުޅޭއިރު އައިނު ވެއްޓެން މެދުވެރިވެއެވެ.
ވިސްޓާ ނެނޯއިން ތައާރަފުކުރަނީ އައިނުގެ ބުރިޖް ރަބަރުން ހަދައި، އެޖަސްޓްކުރެވޭ ޓެމްޕަލް ނުވަތަ ހެޑްބޭންޑު ހިމެނޭގޮތަށް ކުޑަކުދިންނަށް އެކަށޭނަ ޑިޒައިންތަކެވެ.
އެއިން ކަށަވަރުކޮށްދެނީ ދަރިފުޅު ކުލާހުގައި ކިޔަވަމުން ދިޔަޔަސް، ނުވަތަ ކުޅޭ ސަރަހައްދުގައި ދުވަމުންދިޔަޔަސް، އަޅާފައި ހުންނަ އައިނު މޫނާ ގުޅޭހެން ރަނގަޅަށް ހަރުލާފައި ހުންނަ ކަމެވެ. މި ފްރޭމްތައް ހުންނަނީ އާންމު ފްރޭމްތަކަށްވުރެ 35 ޕަސެންޓު ލުއިކޮށެވެ.
މި ގޮތުން ނޭފަތާއި ކަންފަތުގެ މައްޗަށް ކުރާ ބާރު ކުޑަވެ، އައިނު އަޅާލައިގެން އަރާމުކޮށް އުޅެވޭނެއެވެ.

ކުޑަކުދިންގެ އައިނު ބްރޭންޑެއް ކަމަށްވާ ވިސްޓާ ނެނޯގެ އައިނުތައް -- ފޮޓޯ/ މާނިއު މުހައްމަދު
3. ސްޓައިލް: އެކުދިންގެ ޝަހުޞިއްޔަތު ފާޅުކުރުމަށް ފުރުޞަތު ދިނުން
ކުދިން ބޭނުންވަނީ ފުރިހަމަ، އަދި އެ ކުދިންގެ ވަކި ސްޓައިލެއް ދައްކުވައިދޭ އައިނެކެވެ.
ވިސްޓާ ނެނޯއިން ތައާރަފުކުރަނީ އެކި ކުލަތަކާއި ޒަމާނީ ޑިޒައިންތަކުގެ ތަފާތު މޮޑެލްތަކެކެވެ. މީގެ ތެރޭގައި އަނދިރީގައި ދިއްލޭ ފްރޭމްތަކުން ފެށިގެން ފުރިހަމަ އެސެޓޭޓް ސްޓައިލްތައް ހިމެނެއެވެ. ޗެރީ ރަތް ކުލަ, ނުވަތަ މަޑު ޓޯންތައް ބޭނުންވިޔަސް، ކުދީންގެ ޝަޚުސިއްޔަތާގުޅޭ އައިނު ހުންނާނެއެވެ. އެއާއެކު ކުދިން ފަޚުރުވެރިކަމާއެކު އައިނު އެޅުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
4. ސަލާމަތްތެރިކަން: ދަރިފުޅުގެ ދުޅަހެޔޮކަމަށް އިސްކަންދިނުން
ކުޑަކުދިންގެ އައިނާ ގުޅުންހުރި ކަންކަމުގައި ސަލާމަތްތެރިކަމަކީ އެއްވެސް ހާލެއްގައި އަޅާނުލާ ދޫކޮށްލެވޭނެ ކަމެއް ނޫނެވެ. ވިސްޓާ ނެނޯ ފްރޭމްތައް ހަދާފައި ހުންނަނީ އެލާޖިކް ނުވާގޮތަށް، ވިހައެއް ނުހިމެނޭ އަދި ބީޕީއޭ ނުހިމެނޭ މެޓީރިއަލްތަކުންނެވެ. މި ގޮތުން އެންމެ ހަގު އުމުރުގެ ކުދިންނަށް ވެސް ރައްކާތެރިކަން ކަށަވަރުކޮށްދެއެވެ.
ތިބާގެ ދަރިފުޅަށް އެންމެ ރަނގަޅު އައިނު ޚިޔާރުކުރުމަކޯ އުނދަގޫ ކަމަކަށް ވާކަށް ނުޖެހެއެވެ. ވިސްޓާ ނެނޯއިން ލިބެނީ ގިނަ ދުވަހަށް ބޭނުންކުރެވުމާއި، އުނދަގުލެއް ނުވެ އަޅައިގެން އުޅުމާއި ސްޓައިލިޝް ދުނިގަނޑުގެ ފުރިހަމަ ކަމެވެ. މިއީ ދަރިފުޅުގެ ހަކަތައާއި ޝަޚްސިއްޔަތަށް ބަލައިގެން، އެންމެ ރަނގަޅަށް ޚިޔާރުކުރެވޭނެ ފްރޭމްތަކެވެ.
ވިސްޓާ ނެނޯގެ އައިނުތައް މިހާރު އައިކެއަރ އޮޕްޓިކަލްސްގެ އައުޓްލެޓްތަކުން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި މާލޭ އޯކިޑް މަގުގައި ހުންނަ އައިކެއަރ ހޮސްޕިޓަލާއި ފަރީދީ މަގުގައި ހުންނަ ފިހާރައާއި ހުޅުމާލޭގައި ހުންނަ އައިކެއަރ ހޮސްޕިޓަލާއި ރަށްރަށުގައި ހުންނަ އައުޓްލެޓްތައް ވެސް ހިމެނެއެވެ.