އެމްއެމްއޭގެ ބޯޑުން އިދުހާމް ވަކިކޮށްފި

އެމްއެމްއޭގެ ބޯޑުން ވަކިކުރި އިދުހާމް ހުސައިން: އޭނާ ވަނީ އެމްއެމްއޭގައި 35 އަހަރު މަސައްކަތް ކުރައްވާފަ -- ފޮޓޯ/ ޕީއެސްއެމް ނިއުސް

މަރުކަޒީ ބޭންކު, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑު އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އިދުހާމް ހުސައިން މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

އެމްއެމްއޭގެ މީޑިއާ އޮފިޝަލް ވަނީ އިދުހާމް އެ ބޭންކުގެ މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެޓިސްޓިކްސް ސެކްޝަންގެ އެޑްވައިޒަރުގެ މަގާމުން ވަކިކޮށްފައިވާކަން 'ސަން'އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އޭނާ ވަކިކޮށްފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނަށް އެމްއެމްއޭއިން ހާމަކޮށްފައެއްނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަރުކަޒީ ބޭންކުގެ ބޯޑާއި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް މި އަހަރުތެރޭ ވަރަށް ކައިރިކައިރީގައި އިސްތިއުފާދެއްވައިފައިވެއެވެ.

އެގޮތުން އެމްއެމްއޭގެ ބޯޑުގައި އިކޮނަމިކް މިނިސްޓްރީ ތަމުސީލުކުރައްވާ މެންބަރު ޝުހާދު އިބްރާހިމާއި، ފިނޭންސް މިނިސްޓްރީ ތަމުސީލުކުރައްވާ އަހުމަދު ޒަޔާން މުހައްމަދު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި ފައިސާ ޗާޕުކުރުމާ ދެކޮޅު ހައްދަވައި، ނިންމުންތަކާމެދު ހިތްހަމަޖެހިވަޑައިނުގެން، ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވެސްވަނީ މާރިޗް މަހުގެ ތެރޭގައި އިސްތިއުފާ ދެއްވައިފައެވެ.

https://sun.mv/203876

އެ ބޭފުޅުން އިސްތިއުފާ ދެއްވީ އެމްއެމްއޭއިން ހުޅުމާލޭން ބިމެއް ގަނެގެން ދައުލަތަށް 15 ބިލިއަން ރުފިޔާ ނަގަން އުޅޭ ކަމަށް ޚަބަރު ފެތުރިފައި އޮއްވައެވެ.

އެ މައްސަލައިގައި ސަރުކާރަށް ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ.

އިދުހާމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ މަންދޫބު އަދި ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަހީދު ޙަސަންގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ ކޮއްކޮއެކެވެ.

އޭނާއަކީ މަރުކަޒީ ބޭންކުގައި މަސައްކަތް ކުރައްވާތާ 35 އަހަރުވެފައިވާ ތަޖުރިބާކާރު މުވައްޒަފެކެވެ.

comment ކޮމެންޓް