އިއްޔެއަކީ އެމެރިކާގެ ސިޓީތަކަށް ރިކޯޑު މިންވަރަކަށް ހޫނުގަދަ ދުވަހެއް

އެމެރިކާގެ ސިޓީތަކަށް އިއްޔެ އަކީ ރެކޯޑު އަދަދަކަށް ހޫނު ދުވަހެއް. ފޮޓޯ/ރޮއިޓާސް

އެމެރިކާގެ އުތުރު އިރުމަތީ ބޮޑެތި ސިޓީތަކަށް އިއްޔެ ރިކޯޑު މިންވަރަކަށް ހޫނު ގަދަވެއްޖެއެވެ.

މިދިޔަ ހަފުތާގެ ފަހުކޮޅުން ފެށިގެން އެމެރިކާގެ ބޮޑު ބަޔަކަށް ހޫނުގަދަވެފައިވާއިރު، އިއްޔެއަކީ ހޫނުމިން މައްޗަށް ދިޔަ އެއް ދުވަސް ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން، ވޮޝިންޓަން އާއި ބޮސްޓަންގެ ފިނިހޫނުމިން 101 ޑިގުރީ ފަރެންހައިޓް (38 ސެލްސިއަސް)އަށް އަރާފައިވާއިރު މީގެ ކުރިން އެ ސިޓީތަކުގެ ފިނިހޫނުމިން ހުރީ ހަ ޑިގުރީގައި ކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

ނިއުޔޯކް ސިޓީގެ ސެންޓްރަލް ޕާކުގައި ފިނިހޫނުމިން 99 އެފް (37 ސެލްސިއަސް) އަށް އަރާފާނެ ކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ.

އަދި، ޖޯޖިއާ، ކެރޮލައިނާސް، ވާޖިނިއާ، މެރީލޭންޑް އަދި ޕެންސިލްވޭނިއާ ފަދަ އިރުމަތީ އެމެރިކާގެ އެހެން ހިސާބުތަކުގައި ވެސް ރިކޯޑް އަދަދަކަށް ހޫނުމިން މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

އިންތިހާއަށް ހޫނުގަދަވުމުގެ ސަބަބުން އެ ސަރަހައްދުގެ ހުރިހާ ހިސާބެއްގެ އާންމު ދަތުރުފަތުރަށް ބުރޫއަރާފައިވާއިރު، އެމެރިކާގެ ޕެސެންޖަރު ރޭލްރޯޑް އެމްޓްރެކްއިން ބުނީ، ރޭގަނޑު 12 އާ ދެމެދު ރޭލު ދުއްވުން މެދުކަނޑާލަން މަޖުބޫރުވާނެ ކަމަށެވެ.

ހޫނުގަދަވުމުގެ ސަބަބުން ބައެއް ފަތުރުވެރިންގެ މަންޒިލްތަކަށް ވެސް ދަނީ އަސަރު ކުރަމުންނެވެ. އެގޮތުން، ވޮޝިންޓަން މޮނިއުމަންޓް އަންގާރަ ދުވަހާއި ބުދަ ދުވަހު ބަންދުވާނެ ކަމަށް ނޭޝަނަލް ޕާކް ސާވިސްއިން ބުނެއެވެ.

ހޫނުގަދަވުމުގެ ސަބަބުން ދަނޑުވެރި ކަމަށް ވެސް ވަނީ އަސަރުކޮށްފައެވެ.

comment ކޮމެންޓް