އިމިގްރޭޝަނުން އައްޑުއަށް ޚާއްސަ އެންމެ ބޮޑު ރެއިޑް "އޮޕަރޭޝަން ހަމަމަގު" ފަށައިފި

އިމިގްރޭޝަނުން ކުރިއަށްގެންދާ އެންމެ ބޮޑު ރެއިޑް "އޮޕަރޭޝަން ހަމަމަގު" އަށްޑޫސިޓީގައި ފަށައިފި -- ފޮޓޯ/ އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން އިމިގްރޭޝަނުން އައްޑޫ ސިޓީއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެންމެ ބޮޑު ރެއިޑް "އޮޕަރޭޝަން ހަމަމަގު" މިއަދު ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނީ، މިއީ އައްޑޫ ސިޓީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރާ ޚާއްސަ މަސައްކަތެއް ކަމަށެވެ.

އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މި ރެއިޑު އޮޕަރޭޝަންގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންއާއި އައްޑޫ އިމިގްރޭޝަން އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

އަދި، އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ކުރިއަށްގެންދާ އެންމެ ބޮޑު ރެއިޑް "އޮޕަރޭޝަން ހަމަމަގު" އަށްޑޫސިޓީގައި ފަށައިފި -- ފޮޓޯ/ އިމިގްރޭޝަން

ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި، ގަވާއިދާ ހިލާފަށް އައްޑޫ ސިޓީގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ފުރުވާލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މާލޭގެ ޑިޓެންޝަން ސެންޓަރަށް ގެނެވޭނެ ކަމަށާއި މިފަދަ ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިންނަށް ނޯޓިސް ދެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚާއްސަކޮށްގެން ރެއިޑު އޮޕަރޭޝަންތައް ކުރިއަށް ގެންދެއެވެ.

އިމިގްރޭޝަނުން ކުރިއަށްގެންދާ އެންމެ ބޮޑު ރެއިޑް "އޮޕަރޭޝަން ހަމަމަގު" އަށްޑޫސިޓީގައި ފަށައިފި -- ފޮޓޯ/ އިމިގްރޭޝަން

އައްޑޫ ސިޓީއަކީ އާބާދީ ބޮޑު، އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ސިޓީއަކަށްވާތީ، މި ރެއިޑު އޮޕަރޭޝަން ކުރިއަށް ގެންދަނީ މުޅި އައްޑޫ ސިޓީއަށް އަމާޒުކޮށްގެންނެވެ.

އިމިގްރޭޝަންގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމުގައި މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކޮށް، ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި މަސައްކަތްކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

comment ކޮމެންޓް