މާދަމާ އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ދޭނީ މާލެ ސަރަހައްދުގެ އޮފީސްތަކުން އެކަނި

އުނގޫފާރުގައި ހުންނަ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓު ދޫކުރުން: މާދަމާ އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ދޭނީ މާލެ ސަރަހައްދުގެ އޮފީސްތަކުން އެކަނި -- ފޮޓޯ/ އިމިގްރޭޝަން

މާދަމާ އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ދޭނީ މާލެ ސަރަހައްދުގައި ހިމެނޭ އޮފީސްތަކުން އެކަނި ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ވަނީ، އިމުގާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން، އިމިގްރޭޝަނަށް ހާޒިރުވެ، ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ ހަމައެކަނި އެމަޖެންސީ ހާލަތްތަކުގައާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އެއީ، ހެނދުނު 09:00 އިން މެންދުރު 02:00އަށް ކަމަށާއި ޕާސްޕޯޓު ހަވާލުވުމަށް އެވަގުތުތަކުގައި ނަމްބަރު ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އައިޑީ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. މި މަސައްކަތުގެ ދަށުން މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ލ. އަތޮޅާއި ދ. އަތޮޅަށް މި ޚިދުމަތް ވަނީ ފުޅާކޮށްފައެވެ.

އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހު ވަނީ ފަށާފައެވެ.

comment ކޮމެންޓް