ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރުހުމާއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދު, ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ އިސް މަގާމަކަށް ނަން ހުށަހަޅުއްވާފައިވާކަން އެނގިއްޖެއެވެ.
އެކިއެކި މަސްދަރުތަކުން "ސަން"އަށް ކަށަވަރުކޮށްދިން ގޮތުގައި ރައީސް ނަޝީދުގެ ނަން ސަރުކާރުން އެންޑޯސް ކޮށްފައިވަނީ, ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ މައި އިދާރާގެ އިދާރީ އެންމެ އިސް އެއް މަގާމަށެވެ.
މި ސަރުކާރުގެ އިސްވެރިއަކު ވަނީ އެކަން އެގޮތަށް ހިނގާފައިވާ ކަމާއި ސަރުކާރުން އެ ކަމަށް ރުހުން ދީ, ލިޔެކިޔުން ވެސް ރަސްމީކޮށް ފޮނުވާފައިވާކަން ކަށަވަރު ކޮށްދެއްވައިފައެވެ. ހަމަ އެ މައުލޫމާތު އެމްޑީޕީގެ އިސް ބޭފުޅަކު ވެސް ވަނީ މި ނޫހަށް ކަށަވަރު ކޮށްދެއްވައިފައެވެ.
އެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަނީ, އދ. ގެ ސެކްރެޓަރީ ޖެނެރަލް, ޔޫއެންޑީޕީގެ އެގްޒެކެޓިވް ބޯޑާ މަޝްވަރާ ކުރެއްވުމަށް ފަހުގައި, ޖެނެރަލް އެސެމްބްލީގެ ތާއީދާ އެކުއެވެ.
އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީއާއި، ލީޑާޝިޕް އަދި އޮޕަރޭޝަނަލް މެނޭޖްމަންޓްގެ ތަޖުރިބާއާއި ހުނަރު ހުރުމުގެ އިތުރުން, އދ.ގެ ނިޒާމުގެ ހަރުދަނާ ވިސްނުން ހުރުން ހިމެނެއެވެ.
މި ކަމާ ގުޅޭގޮތުން ނަޝީދާއި ސަރުކާރުގެ ރަސްމީ ބަހެއް ހޯދާލުމަށް އެތައް ދުވަހެއްގެ މަތިން މަސައްކަތްކުރި ނަމަވެސް މިހާތަނަށް އެއްވެސް މައުލޫމާތެއް ދެއްވައިފައެއް ނުވެއެވެ. އެކަން ކަށަވަރުނުކޮށްދޭތާ ދޮގު ވެސް ކުރައްވާފައެއް ނުވެއެވެ.
ރައީސް ނަޝީދު އެންމެ ފަހުން ހުންނެވީ, ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކެޓަރީ ޖެނެރަލްގެ މަގާމުގައެވެ. އެ މަގާމަށް ޑިސެންބަރު 12، 2023 ގައި ވަޑައިގެންނެވީ, އުމުރު ދުވަހުހެން އުޅުއްވި ސިޔާސީ މަސައްކަތާ ވަގުތީ ގޮތުން ދުރަށްޖެހިވަޑައިގަންނަވާކަން އިއުލާން ކުރެއްވުމަށް ފަހުގައެވެ. ދެ އަހަރެއްހާ ދުވަހު އެ މަގާމު ފުރުއްވަން ގިނައިން ދިރިއުޅުއްވީ އެ ޖަމިއްޔާގެ މައި އޮފީސް ހުންނަ ގާނާގައެވެ.
ނަޝީދު މި ފަހުން އަނެއްކާ ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. އެއަށް ފަހު އެމްޑީޕީން ވަކިވެ, އެ މަނިކުފާން އުފެއްދެވި ޕާޓީ ޑިމޮކްރެޓްސް އުވާލަން ނިންމައި, އެ ޓީމާއެކު މިދިޔަ ހޯމަ ދުވަހު ވަނީ އެނބުރި އެމްޑީޕީއަށް ވަޑައިގެންފައެވެ.
އެއަށް ފަހު އެ މަނިކުފާން ވިދާޅުވީ އެނބުރި ގެއަށް ވަޑައިގެންނެވުމުން އުފާ ކުރައްވާ ކަމަށާއި އެމްޑީޕީއާއި ދިވެހި ގައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ވެސް ކުރައްވާނެ ކަމަށެވެ. އަދި، ސަރުކާރަށް ފާޑު ވިދާޅުވެ އެ ރޭ ވެސް ވާހަކަ ދެއްކެވިއެވެ.





comment ހުސޭން
4 month 3 day ago
ސާއިލް، ރައީސް ނަޝީދަކީ އަދިވެސް ސީވީއެފްގެ އެސްޖީ. މަގާމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު. މައުލޫމާތުގެ މުއްސަނދިކަން ހާދަ ދަށޭ.
comment ޖިމްކެރީ
4 month 3 day ago
މުއިއްޒްއަކީ އަބަދުވެސް ރައީސް ނަޝީދުގެ ބަސްއަހާ ބޭފުޅެއް.. ފައިސާ ޗާޕްނުކޮށް ޤައުމް ހަމަ މަގަށް އަޅުވަން މަސައްކަތްކުތާތީ ރައީސް ނަޝަިދު ތައުރީފްވެސް ކުރެއްވި..
reply ޙސަނުގެ ދަތި
4 month 2 day ago
ޜައީސް ނަޝީދުގެ ބަސް އަހަނީކީ ނޫނެއްނު ރައީސް ނަޝީދަށް އެހީ ވަނީނު އޭނާއަށް ފައިސާއާ މަގާމް ލިބޭނެ ގޮތް ހަދައި ދިނީނު. ނަޝީދުގެ ލަދު ހަޔާތެއް ހުރި ނަމަ މިސަރުކާރުގަ ނޭދޭނެ ރުހުން ދޭކަށް. މިކަމުންވެސް ދޭހަވަނީ ނަޝީދަކީ ހަޔާތްމަދު އަމިއްލަ އެދުމުން ފުރިފަ ހުރި މީހެއްކަން
comment ޙަސަނުގެދަރި
4 month 3 day ago
މުއިއްޒު ބުނީކީ ނޫން ކަމަށްވާނީ އަމިއްލަ އެދުމުން ފޯވެފައިހުރި ކެނެރީގޭ ނަޝީދު މުއިއްޒު ކައިރިން އެދުނީ ކަމަށްވާނީ. މުއިއް×ުގެ ފަރާތުން ތިޔަކަން ހުށަހެޅިނަމަ މަހާމޮޅުމީހެއް ނެތް ކަމަށް ހެދިގެން އުޅޭ ނަޝީދު ތިޔަ ޚަބަރު މީޑިއާއަށް ނުދީ ނުހުންނާނެކަން ޔަގީން..
comment ޖިމޯ
4 month 3 day ago
އެމްޑީޕީ އަށް ފޮނުވި ކަމަށް ބުނާ 5 ފަނީގެ ތެރެއިން 1 ފަނި.
comment ދިލްސާ
4 month 3 day ago
މުއިޒްބުނެފިނަމަ ނަސީދު ގުދައްވެސްއޮވެދާނެކަން މިކަމުންއިނގިގެންދަނީ ކޮބާތޯ އިދިކޮޅަކީނެތް
comment ޙޮޅިދަޑިދަޑީ
4 month 3 day ago
ތި އެއްބައެެއް ތޯޢޫތުވާނީ ހަމަ އެ އަށް
comment ދފ
4 month 3 day ago
ސިޔާސީ މީހުން ފުނިކަޑާވަރަކަށް މިޤައުމު ކުރިއަރާފަކައެއްނެތް މިދިޔަ 60 އަހަރު ތެރޭގައި އެއްވެސް ދާއިރާއަކުން، ސްޕެޝަލިސްޓު ޑޮކުޓަރެއް ނުހުރޭ ގިނަ ދާއިރާތަކުގައި ، ގައުމަށް ލިބޭހާ ފައިސާ ސިޔާސީ މީހުން ޖީބަށް ލައިގެން ދަނީ !
comment ލލ
4 month 3 day ago
ރައީސު ނަޝީދަށް މަޤާމެއް ލިބުމަކީ ވަރަށް ރަގަޅު ކަމެއް ދުނިޔެ އިސްލާހުކުރަން ދިވެހިން ނުކުތުން އެއީ ރަގަޅުކަމެއް، މިއަދު ދުނިޔެ މިވަނީ މުސްލިހުންނަށް ނުހަނު ބޭނުންވެފައި ބައިނަލް އަގުވާމީ މަހުފަލްތަކަށް !
comment ނަތަންޔާހޫ
4 month 3 day ago
ތިކަން ވީގޮތް ބަލައިފިން. އަންނި ގާނާ ވަޒީފާ ނިމެން އުޅެނިކޮށް ޔޫއެންޑީޕީ ވަޒީފާއަށް އެޕްލައި ކުރީ. އެކަމަކު ސަރުކާރުގެ ރުހުން ނުލިބި އޮތީ. ފަހުން ސަރުކާރުން ރުހުން ދޭން ނިންމީ ވެރިކަމަށް އަންނަން ނޫޅޭ މަތިން. ނަމަވެސް އިބޫ ވެރިކަމަށް އަންނަން އިޢުލާނުކުރާކަން އެނގިގެން އަންނި ސިޔާސީ މައިދާނަށް އެ އައީ. އަންނިގެ ހުރިހާވެސް މަގުސަދަކީ އިބޫ ފެއިލް ކޮށްލުން. އެހެންވީމާ އަދިވެސް އިބޫ ކުރިމަތި ލާކަމަށް ވާނަމަ، އަންނި ޔޫއެންޑީޕީ ވަޒީފާ އަކަށް ނުދާނެ. އިބޫގެ ރޭވުން މޮޅީ މިކަމުގައި
comment ހާލިދޭ
4 month 3 day ago
ދެން އެންޑީޕީ ކުދިން ކައްޒާބޭ ނުކިޔާ ތީ މި ސަރުކާރާ ޑީލް ހަދައިގެން އުޅޭ މުނާފިގިއެއް
reply ޢައްޔުބް
4 month 3 day ago
ކޮންމެ ބަޔަކުވެސް ދަޅަ ދައްކަނީ.