ހުޅުމާލެ ހޮސްޕިޓަލަށް ދިމާވި ކަރަންޓުގެ މައްސަލަ އިރުކޮޅެއް ތެރޭ ހައްލު ކުރަނީ

ހުޅުމާލޭ ހޮސްޕިޓަލް: އެ ހޮސްޕިޓަލަށް ދިމާވި ކަރަންޓުގެ މައްސަލަ އިރުކޮޅެއް ތެރޭ ހައްލު ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުޅުމާލެ ހޮސްޕިޓަލްގެ މެއިން އިލެކްޓިކް ޕެނަލަށް ދިމާވި މައްސަލަ ހައްލުކޮށް އިރުކޮޅެއް ތެރޭ އާންމު ހާލަތަށް ރުޖޫއަކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ، އިލެކްޓިކް ޕެނަލަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އޯޕީޑީގެ ޚިދުމަތް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓު 16ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން، މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މައްސަލަ ހައްލުވިހާ އަވަހަށް ހޮސްޕިޓަލުގެ ޚިދުމަތްތައް ލިބޭނެ ކަމަށް އޭރު އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވަނީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

އޭގެ ފަހުން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، ދިމާވި ކަރަންޓުގެ މައްސަލަ ޖުމުލަކޮށް ހައްލުކޮށް ހުރިހާ ތަނަކަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ހުރިހާ ތަނަކަށް ކަރަންޓުގެ ޚިދުމަތް ޓެސްޓުކުރުން ކަމަށާއި އިރުކޮޅެއް ތެރޭ އާންމު ހާލަތަށް ރުޖޫއަވާނެ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް