ހުދު ލިލީ ބެހީ އަޒްހާންގެ ލިލީ ޕްރޮމޯޓުކުރަން

މި ފާއިތުވި ހަފުތާގައި މުޅި ސޯޝަލް މީޑިއާގައި އެންމެން އުޅުނީ ހުދު ލިލީއެއް ބަހާށެވެ. މީގެ ހަގީގަތެއް ނޭނގިގެން އުޅެނިކޮށް މިކަމުގެ ފަހަތުގައިވާ ސަބަބު އެނގިއްޖެއެވެ. ހުދު ލިލީއިން މި އާންމުކުރީ ލިލީއެވެ. އަލަށް ނެރެން އުޅޭ ފިލްމެއްގެ ނަމެވެ.

މިދިޔަ ހަފުތާ ސޯޝަލް މީޑިއާ ފުރާލާފައިވަނީ ހުދު ލިލީ މާތަކަކުންނެވެ. މި ކަމެއް ފަށާފައިވަނީ ދިވެހި ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ ކްރިއޭޓިވް ނެޓްވޯކުންނެވެ. މި ޕްރޮޑަކްޝަންގެ ޕޭޖުގައި ވަނީ ހުދު ލިލީ ޕޯސްޓު ކޮށްފައެވެ. އެކި މީހުންނަށް ހުދު ލިލީތަކެއް ދޭތަން ފެންނަ އެތައް މަންޒަރުތަކެއް މިހާރު ސޯޝަލް މީޑިއާގައި އެބަހުއްޓެވެ.

https://www.facebook.com/creativenetworkmv/videos/1701627683846763/

އެންމެފަހުން ޕްރޮޑަކްޝަނުން ވަނީ މިކަމުގެ ފަހަތުގައިވާ ސަބަބު އާންމުކޮށްފައެވެ. މި ހުދު ލިލީގެ އަސްލު ގުޅިފައިވަނީ ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމުގެ ޓައިޓަލް އަށެވެ. އެއީ "ލިލީ" އެވެ.

ލިލީ އަކީ ދިވެހި ޕްރޮޑިއުސަރު އަޒްހާން އިބްރާހީމްގެ ފީޗާ ފިލްމެކެވެ. މިއީ އޭނާ ތައްޔާރުކުރާ ދެވަނަ ފިލްމެވެ. އޭނާ އެންމެ ފުރަތަމަ ނެރެފައިވަނީ މިދިޔަ އަހަރުގެ ލޯބީގެ ޑްރާމާ ފިލްމު "މީ ލޯތްބަކީ" އެވެ.

މި ފިލްމުގެ ޓައިޓަލް އާންމުކުރުމަށް ކުރިއަށް ގެންދިޔައީ ތަފާތު ކެމްޕެއިނެކެވެ. ލިލީގެ ޓީޒަރެއް މީގެ ކުރީން ވަނީ ޕްރޮޑަކްޝަނުން އާންމުކޮށްފައެވެ. ނަމަވެސް އެއާ ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ނޭނގެއެވެ.

https://www.facebook.com/creativenetworkmv/videos/1757561711465444/?mibextid=LoFJqn

ފިލްމުގެ ޓައިޓަލް އާންމުކުރި ޓީޒަރުގައި މި ފިލްމު މިއަހަރު ނެރޭނެކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނެތެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އަލަށް ނެރޭ ފިލްމުގެ ބޮޑެތި މަސައްކަތްތަކެއް ވަނީ މިހާރު ނިމިފައެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނީ ޒުވާން ފަންނާނުން ކަމަށްވާ އައިޝާ އަލީ އާއި މަރިޔަމް ޝިމާގެ އިތުރުން މުހައްމަދު އިޝްފާނާއި އަހުމަދު ޝާރިފެވެ.

comment ކޮމެންޓް