ރާއްޖެ ކޮޅަށް, ވިއެޓްނާމް އަތުން ހަތް ލަނޑު ވަން ނަމަވެސް ޓީމުގެ ޓާގެޓު ހާސިލުވެއްޖެ ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު އާމިނަތު ލީޒާ ބުނެފިއެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި ގްރޫޕް ހޯސްޓް ވިއެޓްނާމް އަތުން ރާއްޖޭގެ ގަައުމީ ޓީމު ވަނީ 7-0 އިން ބަލިވެފައެވެ.
މެޗަށް ފަހު ވިއެޓްނާމްގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ލީޒާ ބުނީ ކޯޗް އާތިފް ޓީމަށް ޓާގެޓެއް ކަނޑައެޅި ކަމަށެވެ. އެއީ ބައިކޮޅަށް އަށް ގޯލަށް ވުރެ ގިނަ ގޯލު ނުވެއްދުމެވެ.
އަދި އެ ޓީމުން އެންމެ ބޮޑަށް ސަމާލުކަން ދިނީ ޑިފެންސިވް ގޭމެއް ކުޅުމަށް ކަމަށް އޭނާ ބުންޏެވެ.
މީގެއިތުރުން ކޮލިފައިންގެ އުއްމީދުތަކަށް މި ބޮޑު ހީނަރުކަމެއް އައި ނަމަވެސް ގްރޫޕް ސްޓޭޖުގެ ކުރިއަށް އޮތް ދެ މެޗުގައި ރާއްޖޭގެ ޓީމަށް ލިބޭނެ ފުރުސަތުތަކާ މެދު އަދިވެސް އުއްމީދު އެބައޮތް ކަމަށް ލީޒާ ބުންޏެވެ.
މިއީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ވިއެޓްނާމްއާ ދެކޮޅަށް ނުކުތް ދެވަނަ ފަހަރެވެ. އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ވިއެޓްނާމް އަތުން ރާއްޖެ ބަލިވީ 16-0 ގެ ނަތީޖާއަކުންނެވެ.
ދުނިޔޭގެ ރޭންކިންގެ 37 ވަނައިގައި އޮތް ވިއެޓްނާމުން ވަނީ 2023 ވަނަ އަހަރުގެ އަންހެން ވޯލްޑް ކަޕްގައި ބައިވެރިވެފަ އެވެ. ފީފާ ރޭންކިންގައި ރާއްޖެ މިވަގުތު އޮތީ 163 ވަނައިގަ އެވެ.