ފިލްމު 'ވޯ 2'ގެ އެއްވެސް ޕްރޮމޯޝަނެއްގައި ރިތިކް އާއި ޖޫނިއަ އެންޓީއާރް އެކީގައި ނުފެންނާނެ: ވައިއާރްއެފް

ޖޫނިއަ އެންޓީއާރް އަދި ރިތިކް ރޯޝަން ފިލްމު "ވޯ 2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

މި އަހަރު ރިލީޒްކުރާ ބޮލީވުޑްގެ އެންމެ އުއްމީދީ ފިލްމު "ވޯ2"ގެ ޕްރޮމޯޝަންތައް ކުރިއަށްގެންދާއިރު ފިލްމުގެ ލީޑް އެކްޓަރުން ކަމަށްވާ ރިތިކާއި ޖޫނިއާ އެންޓީއާރް ޕްރޮމޯޝަންތަކުގައި އެކީގައި ނުފެންނާނެ ކަމަށް ވައިއާރްއެފްއިން ބުނެފިއެވެ.

މި ފިލްމުގައި މި ދެ އެކްޓަރުންގެ ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ފެންނާނެއިރު ޕްރޮމޯޝަންތަކުގައި ދެ މީހުން އެކީ ބައިވެރިނުކޮށް ވަކިކޮށްލަން ނިންމީ ފިލްމުގައި ދެ މީހުންނަކީ ވެސް އެކަކު އަނެކަކަށް އިންތިހާއަށް ނަފުރަތުކުރާ މީހުންނަށްވުމުން އެކަން ދެމެހެއްޓުމުގެ ބޭނުމުގައެވެ.

މި ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ގެނެސްދީފައިވާއިރު އެ ސަސްޕެންސް ނުގެއްލި އެގޮތުގައި އޮންނާނީ ދެ ތަރިން އެކީގައި ފެންނަ މަންޒަރު ވީހާވެސް މަދުވުމުން ކަމަށް ގަބޫލުކުރެވޭ ކަމުގައި ވައިއާރްއެފްއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ޑައިރެކްޓަރު އަޔާން މުކަރުޖީ ފިލްމު "ވޯ 2"ގެ ތަރިންނާ އެކު--ފޮޓޯ/އެންޑީޓީވީ

މިއީ ޖޫނިއަ އެންޓީއާރް އާއި ރިތިކް ފުރަތަމަ ފަހަރަށް ސްކްރީނުން ވެސް ފެންނާނެ ފިލްމަށް ވުމުން ދެ ތަރިން އެކީގައި ބެލުންތެރިންނަށް އެންމެ ފުރަތަމަ ވެސް ދައްކަން ބޭނުންވަނީ ބޮޑު ސްކްރީނުން ކަމަށް ވައިއާރްއެފްއިން ވަނީ ބުނެފައެވެ.

ފިލްމުގެ ޕްރޮމޯޝަން ތަކުގައި ރިތިކް އާއި ޖޫނިއަ އެންޓީއާރް އެކީގައި ފެނިއްޖެނަމަ ބެލުންތެރިންގެ ޝައުގުވެރިކަން ކުޑަވުމުގެ ފުރުސަތު އެބައޮތް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މި އަހަރު ރިލީޒްކުރާ ފިލްމުތަކުގެތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމު "ވޯ 2" އަކީ ޒުވާން ޑައިރެކްޓަރު އަޔާޏް މުކަރުޖީގެ ހުނަރު ދައްކުވައިދޭނެ ފިލްމެކެވެ.

ބަތަލާ ކިއާރާ އަދުވާނީ ވައިއާރްއެފްއަށް ކުޅޭ ފުރަތަމަ ފިލްމު "ވޯ 2" އަކީ 2019 ވަނަ އަހަރު ޑައިރެކްޓަރު ސިދާތު އާނަންދު ގެނެސްދިން ފިލްމު "ވޯ"ގެ ސީކުއަލްއެކެވެ.

comment ކޮމެންޓް