އުރީދޫ ނޭޝަންއިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ އިންޓަ ކޮލެޖް އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އީއޭއެފްސީ، ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ހިމެނޭ މި މުބާރާތުގައި 11 ޓީމަކާއި 15 އިންޑިވިޖުއަލް ކުޅުންތެރިން ބައިވެރިވެ މޮޅު ހުނަރު ވަނީ ދައްކާފައެވެ.
އެ މުބާރާތުގެ ޗެމްޕިއަންއަކީ ވިލާ ކޮލެޖުގެ ދަރިވަރު ޔޫސުފް ކަމަށްވާއިރު އޭނާއަށް ވަނީ އިނާމުގެ ގޮތުގައި 5،000 ރުފިޔާ ކަށަވަރުވެފައެވެ.
ރަނަރަޕްއަށް 3،000 ރުފިޔާ ކަނޑައަޅައިފައިވާއިރު އެ މަގާމު ހޯދީ ޔުނިވާސިޓީ އޮފް އެޑިންބަރާގެ ޒަކްވާނެވެ. އަދި ދެވަނަ ރަނަރަޕްކަން ހޯދައި 2،000 ރުފިޔާގެ އިނާމު ކަށަވަރުކުރީ ވިލާ ކޮލެޖުގެ ދަރިވަރުން ދާއިނެވެ.
އެ ޗެމްޕިއަންޝިޕްގައި ޕަބްޖީ މޮބައިލް މުބާރާތުގައި ހަ ޓީމަކުން ވާދަކުރިއިރު، ވަނަތައް ހޯދީ:
- ޗެމްޕިއަން: އެމްއެންޔޫބީއެސް - 5،000 ރުފިޔާ
- އެއް ވަނަ ރަނަރަޕް: ވިލާ ކޮލެޖް – 3،000 ރުފިޔާ
- ދެވަނަ ރަނަރަޕް: އެމްއެންޔޫބީއެސް - އޯޖީއެސް - 2،000ރުފިޔާ
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)ގައި ފަސް ޓީމުން ވާދަކުރިއިރު ވަނަތައް ހޯދީ:
- ޗެމްޕިއަން: ޓީމް އެމްއެންޔޫ - 5،000 ރުފިޔާ
- އެއް ވަނަ ރަނަރަޕް: ޓީމް އެމްއެންޔޫ 2 – 3،000 ރުފިޔާ
- ސެކަންޑް ރަނަރަޕް: ޓީމް ވިލާ - 2،000 ރުފިޔާ
އުރީދޫން ބުނީ، އުރީދޫ ނޭޝަންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކުރުވައި ފުޅާވަމުންދާ މި ދާއިރާއިން އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށެވެ. އަދި ދަރިވަރުންނަށް އެ ކުދިންގެ ފޭވަރިޓް ގޭމްތައް ކުޅުމުގެ ތެރޭގައި އެންގޭޖްކޮށް، ވާދަކުރެވޭނެ ޚާއްސަ ޕްލެޓްފޯމެއް ގާއިމުކޮށް، އުރީދޫ ނެޝަނުން ޓީމްވޯކާއި ދުޅަހެޔޮ ވާދަވެރިކަމާއި ހުނަރު އިތުރުކުރުމަށް މަގުފަހިކޮށްދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.