ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ވެސް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފިއެވެ.
އެ ޚާއްސަ އިނާމުތަކުގެ ތެރޭގައި ޕްލޭސްޓޭޝަން 5 ސްލިމްއާއި ޑެލް ލެޕްޓޮޕާއި ސެމްސަންގް ގެލެކްސީ ޓެބް އޭ9 ޕްލަސްއާއި ކޮންސިއާޖް ގްރޫޕްއިން 500 ޑޮލަރުގެ ބަޓިކް އެއާ ގިފްޓް ވައުޗަރެއް ހިމެނެއެވެ.
އެންމެ 20 ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ރީލޯޑުކޮށްގެން ފަސޭހަކަމާއެކު އެ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހުޅުވައިލައިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ އިނާމުތައް ހާސިލުކުރާ ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ލަކީ ޑްރޯއެއް މެދުވެރިކޮށެވެ.
އެމި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށެވެ.
އެ އިނާމުތަކުގެ ތެރެއިން، 500 ޑޮލަރުގެ ބަޓިކް އެއާގެ ގިފްޓް ވައުޗަރު ހާސިލުކުރާ ނަސީބުވެރިޔާއަށް ބަޓިކް އެއާގެ އެކްސްކްލޫސިވް އޮތޮރައިޒްޑް ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) ކޮންސިއާޖް ގްރޫޕް މެދުވެރިކޮށް ބުކިން ހެދުމަށް ބޭނުންކުރެވޭނެއެވެ.
ދިރާގުން ދަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އަގުހުރި އޮފާތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ޚިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.