ދިރާގު ކަސްޓަމަރުންނަށް ސްވިޒަލޭންޑް، މެލޭޝިއާ ނުވަތަ ޗައިނާއަށް ދިޔުމުގެ ފުރުސަތެއް

ދިރާގު ކަސްޓަމަރުންނަށް ރާއްޖޭން ބޭރު ތިން ގައުމެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތުގެ ދަށުން ލިބެނީ ދެމީހަކު ސްވިޒަލެންޑަށް ދިޔުމުގެ ފުރުސަތެއް ނުވަތަ ދެމީހުންނާއި ދެކުޑަކުދިންގެ އާއިލާއެއް ޗައިނާގެ ޝަންހާއި ޑިޒްނީލޭންޑަށް ނުވަތަ ދެމީހަކު މެލޭޝިއާއަށް ދިޔުމުގެ ފުރުސަތެވެ.

ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް ހޮވުމައް ހަމަޖެހިފައިވަނީ ދިރާގު ޕޯސްޓްޕެއިޑް 450 އަދި 450އިން މަތީގެ ޕެކޭޖުތަކަށް އަޕްގްރޭޑްކުރާ ނުވަތަ ދިރާގު ލިމިޓެއްނެތް ފައިބަ ޕެކޭޖަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީ ޑްރޯއެއް މެދުވެރިކޮށް ކަަމަށެވެ.

މި ފުރުސަތު ދިރާގު ކަސްޓަމަރުންނަށް ހުޅުވާލަފައި އޮންނާނީ މި މަހު 30ގެ ނިޔަލަށެވެ.

އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ޚާއްސަކޮށްގެން، ތަފާތު އެކި ޕޯސްޓްޕެއިޑާއި ލިމިޓެއްނެތް ފައިބަ ޕެކޭޖްތައް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް