ތިނަދޫ ސިޓީގައި ސައިކަލަކާއި ކާރެއް ޖެހި މިދިޔަ އެޕްރީލް މަހު ގެ 27ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 31 އަހަރުގެ އަންހެން މީހާ މިއަދު ނިޔާވެއްޖެއެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަންއިން 31 އަހަރުގެ, ތިންމުތީ، ގދ. ތިނަދޫ، ޒާހިޔާ ނިޔާޒަށެވެ.
https://web.facebook.com/share/p/1CJDhyg1ky/
އޭނާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ތިނަދޫ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އެމަޖެންސީގައި ހަމަ އެރޭ މާލެ ގެނައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އޭނާގެ އޮޕަރޭޝަނެއް ކުރުމަށްފަހު ހާލު ރަނގަޅުވި ނަަމަވެސް އަނެއްކާ ވެސް ފަހުން ހާލު ސީރިއަސްވީ، އިންފެކްޝަނެއް އުފެދުމުންނެވެ.
އެނގިފައިވާ ގޮތުގައި ނިޔާވިއިރު ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި އެ އެކްސިޑެންޓުގެ މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.