ނިދާފައި އޮއްވައި ޒަޚަމްކޮށްލައި، މާޅޮހުގައި މީހަކު މަރައިލައިފި

އއ. މާޅޮސް

ނިދާފައި އޮއްވައި، ޒަޚަމްކޮށްލައި އއ. މާޅޮހުގައި އުމުރުން ދޮށީ މީހަކު ރޭ ދަންވަރު މަރައިލައިފިއެވެ.

މަރައިލައިފައިވަނީ އެ ރަށު އޯކިޑުމާގެ، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމެވެ.

ފުލުހުން ބުނީ، މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަޚަމްތަކެއް ދިން ކަމަށެވެ. އެެހެންވެ ސިއްހީ މަރުކަޒަށް ގެންދެވި ފަރުވާ ދެމުން ދިޔަ ކަމުގެ މައުލޫމާތު ދަންވަރު 01:50 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

އަދި އޭނާއަށް ފަރުވާ ދެމުން އަންނަނިކޮށް ފަތިހުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށާއި، އެ ރަަށަށް މާލެއިން ޚާއްސަ ތަހުގީގު ޓީމެއް ވެސް އަންނަނީ ދަތުރުކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް