އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މަރުވެ، ތަހުގީގުކުރަން ފަށައިފި

އައިޖީއެމްއެޗް ކުރިމަތި -- ފޮޓޯ/ މާނިއު މުހައްމަދު

އިމަޖެންސީގައި އައިޖީއެމްއެޗަށް މިއަދު ގެންދިޔަ މީހަކު، މަރުވެފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މަރުވެފައިވަނީ މއ. ސައިނޯސަރު، 43 އަހަރުގެ މުޙައްމަދު ރަޝީދެވެ.

ފުލުހުން ބުނީ ޑޮކްޓަރަށް ދެއްކުމަށް، އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔައީ މިއަދު ހެނދުނު 10:10 ހާއިރު ކަމަށެވެ.

އޭނާ ހޮސްޕިޓަަލަށް ގެންދިޔައީ، ގޭގެ ކޮޓަރިއެއް ތެރޭ ވެއްޓިފައި އޮއްވައި ފެނިގެންނެވެ. ވެއްޓިފައި އޮތް ނަމަވެސް ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރު ނުވެ، މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގުކޮށް އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް