ފިލްމީ ދާއިރާގައި މަސައްކަތް ކުރާއިރު އެ މަސައްކަތްކުރާ ފިލްމުތަކަށް ތެދުވެރިކަމާ އެކު ލިބޭ ފަޑުކިޔުންތަކަކީ ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް އެކްޓަރު ވިކީ ކޯޝަލް ބުނެފިއެވެ.
ވިކީގެ ކޮންމެ ފިލްމަކަށް ފަހު ވެސް އެ ފިލްމުގައި ދެއްކި ޕާފޮމެންސަށް އަނބިމީހާ އަދި އަދި ބަތަލާ ކެޓްރީނާ ކައިފްގެ ފަރާތުން ލިބޭ ފާޑުކިޔުންތަކަކީ އެގޮތުން ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ކެޓްރީނާއަކީ ވިކީގެ ފިލްމުތަކަށް އަބަދުވެސް ތެދުވެރިކަމާ އެކު އެއްވެސް ފޮރުވުމެއް ނެތި ފާޑުކިޔާ ފަރާތެއް ކަމަށް ވިކީ ވަނީ ބަތަލާ ކަރީނާ ކަޕޫރާ އެކު ބައިވެރިވި ޝޯއެއްގައި ބުނެފައެވެ.
ވިކީގެ ޕާފޮމެންސްތަކަށް ކެޓްރީނާ ފާޑުކިޔާއިރު ވިކީ ކުޅެފައިވާ ރޯލަށް ތައްޔާރުވުމުގެ ގޮތުން ކުރި މަސައްކަތުގެ އަގުވަޒަން ކުރާ ކަމަށާއި އެއީ ފިލްމުތަކަށް ސްކްރީން ކުރާއިރު ވެސް އާއްމުކޮށް ނުފެންނަ ކަމެއް ކަމަށް ވިކީ ވަނީ ބުނެފައެވެ.

ވިކީ އާއި ކެޓްރީނާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް ކުރި ޒިޔާރަތެއްގައި--ފޮޓޯ/މިޑް-ޑޭ
ބެލުންތެރިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ހޯދާފައިވާ ބޮލީވުޑްގެ މި ދެމަފިރިންނަކީ މީޑިއާގެ ސަމާލުކަން ވެސް އެންމެ ބޮޑަށް ހޯދާ ބޮލީވުޑްގެ އެއް ޖޯޑެވެ.
ބަތަލާ ކެޓްރީނާއާ ކައިވެނި ކުރުމަށްފަހު ވިކީގެ ފިލްމީ ކެރިއަރަށް ހެޔޮ ބަދަލުތަކެއް އައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު ވިކީގެ ނެށުމުގެ ހުނަރަށް ވެސް ބޮޑު ކުރިއެރުމެއް ވަނީ އައިސްފައެވެ. އެކަމުގެ ހުރިހާ ތައުރީފެއް ހައްގު ފަރާތަކީ އަނބިމީހާ ކެޓްރީނާ ކަމަށް ވިކީ ވަނީ ބުނެފައެވެ.
ކައިވެންޏަށްފަހު ފިލްމީ ދާއިރާއިން ފެނުން މަދުވެފައިވާ ބަތަލާ އެންމެފަހުން ކުޅެފައިވާ ފިލްމީ 2024ވަނަ އަހަރު ރިލީޒްކުރި ފިލްމު "މެރީ ކްރިސްމަސް"އެވެ.
ވިކީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ކުރީކޮޅު ސިނަމާތަކަށް ގެނެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޗާވާ"އިންނެވެ.