ނަތަންޔާހޫ ކާނާ ވިހަވެ، ތިން ދުވަހަށް އަރާމު ކުރަން ބުނެފި

އިސްރާއީލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ. ފޮޓޯ/ގެޓީ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކާނާ ވިހަވެއްޖެއެވެ.

ނަމަވެސް ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެއެވެ.

އުމުރުފުޅުން 75 އަހަރުގެ ނަތަންޔާހޫއަށް އެ މައްސަލަ ކުރިމަތިވެވަޑައިގަތީ ރޭގަނޑުގެ ވަގުތެއްގައި ކަމަށާއި، އޭގެ ސަބަބުން ގޮހޮރުގައި އިންފްލެމޭޝަން އުފެދި ހަށިގަނޑުން ފެން މަދުވެފައިވާ ކަމަށް ނަތަންޔާހޫ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ނަތަންޔާހޫއަށް އަންނަނީ މި މައްސަލަތަކާ ގުޅިގެން އައިވީ ގުޅައިގެން ފަރުވާ ދެމުން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

"ޑޮކްޓަރުން ލަފާ ދީފައިވާ ގޮތަށް، ކުރިއަށް އޮތް ތިން ދުވަހު ބޮޑުވަޒީރު ގޭގައި އަރާމުކުރައްވަމުން، ދައުލަތުގެ ޒިންމާތައް އަދާކުރައަވަމުން ގެންދާނެ." ބަޔާނުގައި ބުނެފައިވެއެވެ.

ރަހުމު ކުޑަ, އަނިޔާވެރިއެއްގެ ގޮތުގައި މަޝްހޫރު, ނަތަންޔާހޫއަށް މި ފަހުން ވަނީ ސިއްޙީ އެކި މައްސަލަތައް ދިމާވެފައެވެ. އެގޮތުން ހަށިގަނޑަށް 2023 ވަނަ އަހަރު ޕޭސްމޭކާއެއް ލައްވާފައިވާއިރު، ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހެދި މިދިޔަ ޑިސެމްބަރު މަހު ވަނީ ޕްރޮސްޓޭޓް ނަގާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވެސް މިދިޔަ ހަފްތާ ވަނީ ލޭނާރުތަކުގެ މައްސަލައެއް ކުރިމަތިވެވަޑައިގެންފައެވެ.

"ކްރޮނިކް ވީނަސް އިންސަފިޝަންސީ" ނުވަތަ ލޭ ހޮޅިތަކުގައި ލޭ ޖަމާވެ ޕްރެޝަރު ބޮޑުވާ މައްސަލަ ކުރިމަވެވަޑައިގެން އެމަނިކުފާނުގެ ފައި ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ.

comment ކޮމެންޓް