އުރީދޫ *929# ސުޕަޑީލްސް ކެމްޕެއިނާ އެކު ޚާއްސަ އޮފާތަކެއް

އުރީދޫ *929# ސުޕަޑީލްސް ކެމްޕެއިނެއް ތައާރަފުކޮށްފި -- ފޮޓޯ/ އުރީދޫ

އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން "*929# ސުޕަ ޑީލްސް" ކެމްޕެއިން ތައާރަފުކޮށްފިއެވެ.

އުރީދޫން ބުނީ، މި ކެމްޕެއިންގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ޚާއްސަ އޮފާތަކެއް ލިބޭނެ ކަމަށެވެ. އަދި، އެ އޮފާތަކަކީ ކަސްޓަމަރުންގެ ބިހޭވިއާއަށް ބެލުމަށް ފަހު ޚާއްސަކުރެވޭ އޮފާތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ސުޕަޑީލްގެ އޮފާތައް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަނެއް ނުވަތަ ސައިން އަޕް ފީއެއް އެކުލެވިގެންނުވާއިރު އުރީދޫގެ ކޮންމެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ނަންބަރަކަށް ވެސް މި އޮފާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ސުޕަ ޑީލްސްގެ ތެރޭގައި ބޯނަސް ޑޭޓާ ޕެކޭޖްތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ޚާއްސަ ހަދިޔާތައް ވެސް ހިމެނެއެވެ. އުރީދޫން ބުނީ، ލިބޭ އޮފާތައް ބަދަލު ވެސް ވާނެ ކަމަށެވެ. އަދި، ކަސްޓަމަރުންނަށް އުރީދޫ ޕޯސްޓްޕެއިޑް ނުވަތަ ޕްރީޕެއިޑް ނަންބަރުން *929# އަށް ފިތާލައިގެން ޕާސަނަލައިޒްޑް ސުޕަޑީލްތަކަށް ފަސޭހައިން ވަދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ޑޭޓާ އެލަވަންސް ބޮޑުކުރަން ބޭނުންވިޔަސް، އަދި އެޑް-އޮންތަކުން ޑިސްކައުންޓެއް ބޭނުންވިޔަސް، *929# ސުޕަ ޑީލްސްއިން ޚާއްސްކުރެވިފައިވާ އޮފާއެއް އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ، *929# ސުޕަ ޑީލްސްގެ ތެރެއިން އޮފާއަކަށް ފިތާލުމާ އެކު ވަގުތުން އެ އޮފާ އެކްޓިވޭޓް ވާނެ ކަމަށެވެ.

"ޕާސަނަލައިޒްޑް ސުޕަޑީލްސް ބަލާލުމަށް *929# އަށް ލަސްނުކޮށް ފިތާލާ!" އުރީދޫން ބުންޏެވެ.

އެ އޮފާއާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ، *929# ސުޕަ ޑީލްސްއާ އެކު ކަސްޓަމަރުންނަށް ލިބޭ އަގު އިތުރުވާނެ ކަމަށެވެ. އަދި، ކޮންމެ ކަސްޓަމަރަކަށް ވެސް އިތުރު ޑޭޓާ، ޑިސްކައުންޓް އަދި އުފާވެރި ސަޕްރައިޒްތަކެއް މި ކެމްޕެއިންގެ ތެރެއިން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫގެ އަމާޒަކީ ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ގުޅާލައި، ދިރިއުޅުމުގައި ކުރަންޖެހޭ ކޮންމެ ކަމެއް ވެސް ރައްކާތެރިކަމާ އެކު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް