އުރީދޫގެ ހަތަރުވަނަ އުމްރާ ދަތުރު ލިބޭ ނަސީބުވެރިޔާ ހޮވައިފި

އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ތެރެއިން، އުމްރާ ދަތުރުލިބޭ ހަތަރުވަނަ ނަސީބުވެރިޔާ މިއަދު ހޮވައިފިއެވެ.

ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރަށް ދިނުމަށް ހަމަޖެހިފައިވާ މި ކެމްޕެއިންގެ ހަތަރުވަނަ ނަސީބުވެރިއަކަށް ހޮވިފައި ވަނީ، ޅ. ހިންނަވަރު އީސާ އަލިފުޅެވެ. އީސަގެ ފަރާތުން އިނާމާ ހަވާލުވީ، އާމިނަތު ޝައްފާ އަބްދުﷲ ޝަފީއުއެވެ.

މި ޚާއްސަ ޕްރޮމޯޝަންގެ ތެރެއިން:

  • ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭނެ
  • ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމުލަ 19 އުމްރާ ދަތުރުދިނުމަށް ހަމަޖެހިފައި ވޭ
  • މި ކެމްޕެއިންގެ 20ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒަކީ ދެ މީހަކަށް ހައްޖު ދަތުރެއް

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫ ކަސްޓަމަރެއް ނަމަ، 30ދުވަހުގެ ތެރޭގައި 250 ރުފިޔާއަށްވުރެ މަތިން ބިލް ދައްކާ ރީޗާޖުކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރަން ޖެހޭނެއެވެ. އަދި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރެއް ނަމަ، ޕްރޮމޯޝަންގައި ބައިވެރިވުމަށް 400 ރުފިޔާއިން މަތިން ބިލު ދައްކައި، ރިޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރަން ޖެހޭނެއެވެ.

ޕޯސްޓްޕެއިޑް ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ވެސް މި ލަކީޑްރޯގައި ބައިވެރިވުމުގެ ޝަރުތުހަމަވާނެއެވެ.

އުރީދޫން ވަނީ 20 އަހަރުގެ ކުޑަ މުއްދަތެއްގެ ތެރޭގައި މުވާސަލާތީ އަދި ޓެކްނޮލޮޖީ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތަކެއް ހާސިލުކޮށްފައެވެ. މި ކެމްޕެއިނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި ޚިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށް އުރީދޫން ބުނެއެވެ.

comment ކޮމެންޓް