މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

ހެންވޭރުގެ ސަރަހައްދަކުން ކަރަންޓް ކެނޑިފައި --- ސަން ފޮޓޯ/ އަހުމަދު އާޒިފް

މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.

"މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން." ސްޓެލްކޯއިން ބުނެފައިވެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާފަންނާއި ގަލޮޅާއި ހެންވޭރުގެ ވެސް ބައެއް ގެތަކުން ކަރަންޓު ކެނޑިފައިވެއެވެ.

މިފަހުން މާލެ ސަރަހައްދުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް އިތުރުވެ، ގިނަ ބަޔެއްގެ ޝަކުވާތައް ސްޓެލްކޯއަށް ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް