ރޭންކިން މެޗުން މޮޅުވެ ސިފައިންނަށް ފަސްވަނަ

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) މެންސް ޗެމްޕިއަންސް ލީގުގެ ފަސްވަނަ ރާއްޖޭގެ ލީގު ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބަށް ލިބިއްޖެއެވެ.

ސިފައިންނަށް ފަސްވަނަ ލިބުނީ ލީގު ބުރުގެ ފަހު މެޗުގައި ދިވެހި ސިފައިންގެ ކުލަބާއި ކުލަބު އެޗްޑީސީ ބައްދަލުކުރި މެޗު 3-2 ސެޓުން ކާމިޔާބުކޮށްގެންނެވެ.

މި މެޗަށް ފަހު ބުދަ ދުވަހަށް ކުރިން އޮތީ ތާވަލުގެ ފަސްވަނައާއި ހަވަނަ ޓީމު ކުޅޭ ގޮތަށެވެ. ނަމަވެސް، ލީގު ތާވަލުގެ ފުލުގައި މި ދެ ޓީމު އޮތުމާއި ލީގުގެ ފަހު މެޗުގައި މި ދެ ޓީމު ކުޅެން ޖެހުމާއެކު ރޭންކިން މެޗެއްގެ ގޮތުގައިި މި މެޗު ކުޅެން ނިންމީއެވެ.

އެޗްޑީސީއާއި ސިފައިންގެ ކުލަބު ބައްދަލުކުރި މެޗު: ސިފައިން ވަނީ ފަސްވަނަ ކަށަވަރުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ސިފައިންނާއި އެޗްޑީސީ ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު ސިފައިން ކާމިޔާބުކުރީ 25-22 އިންނެވެ. ދެވަނަ ސެޓު 25-23 އިން އެޗްޑީސީ ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު ސިފައިން ކާމިޔާބުކުރީ 25-19 އިންނެވެ. އަދި، ހަތަރުވަނަ ސެޓު އެޗްޑީސީން ކާމިޔާބުކުރީ 25-19 އިންނެވެ. ނަތީޖާ ނެރެން ކުޅުނު ފަސްވަނަ ސެޓު ސިފައިން ކާމިޔާބުކުރީ 16-14 އިންނެވެ.

ރާއްޖޭގެ ދެ ޓީމުން ވެސް މުބާރާތުގައި މާ އެދެވޭ ނަތީޖާއެއް ނުނެރެވެއެވެ. އެޗްޑީސީން ކުޅުނު ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ. އަދި، ސިފައިން މޮޅުވީ އެޗްޑީސީއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.

comment ކޮމެންޓް