ގައުމުގެ ސިއްހީ މިނިވަންކަން ހޯދުމަށް ރައީސާއެކު މަސައްކަތްކުރަން މިތިބީ ތައްޔާރަށް: އައިޖީއެމްއެޗްގެ ސީއީއޯ

އަބްރުއްޒާގް ހަލީމް: ވިދާޅުވީ، ގައުމުގެ ސިއްހީ މިނިވަންކަން ހޯދުމަށް ރައީސާއެކު މަސައްކަތް ކުރަން މިތިބީ ތައްޔާރަށް ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް

ގައުމުގެ ސިއްހީ މިނިވަންކަން ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު މަސައްކަތް ކުރުމަށް ސިއްހީ ދާއިރާ ތައްޔާރު ކަމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.

ހަލީމް އެފަދައިން ވިދާޅުވީ، އޮރެންޖު ހިޔާގައި ހުޅުމާލޭ ޑަޔަލިސިސް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

https://sun.mv/209127

އެ ރަސްމިއްޔާތުގައި ހަލީމް ވަނީ، ސިއްހީ ދާއިރާގެ މިނިވަންކަން ހޯދުމަށް ރައީސާއެކު، މަސައްކަތް ކުރުމަށް ތައްޔާރަށް ތިބިކަން ހާމަކުރައްވާފައެވެ.

ދަންނަވާލަން ބޭނުންވާ އެއް ކަމަކީ، ރޭގަ ރައީސް އެއާޕޯޓު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވިދާޅުވި ފަދައިން، ގައުމު ތަރައްގީ ކުރުމުގައި، މިނިވަންކަން ގާއިމުކުރުމުގައި، އިގްތިޞާދީ މިނިވަންކަމުގެ އިތުރުން ސިއްހީ މިނިވަންކަން ހޯދަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް މަނިކުފާނާ އެކީގައި މަސައްކަތް ކުރުމަށޭ

އޭނާ ވިދާޅުވީ، ހުޅުމާލޭގައި މީގެ 20 އަހަރު ކުރިން ފެށި ޑަޔަލިސިސްގެ ޚިދުމަތް މިއަދާ ހަމައަށް ދެމުން އައީ 10 އެނދުގެ ޔުނިޓެއްގައި ކަމަށެވެ.

ހުޅުމާލޭ ޑަޔަލިސިސް ސެންޓަރު ރައީސް ހުޅުވައިދެއްވަނީ ---- ފޮޓޯ/ ރައީސް އޮފީސް

ދެ ދަންދަފަޅިއަށް ފޯރުކޮށްދެމުން ދިޔަ އެ ޚިދުމަތް ތިން ދަންފަޅިއަށް ބަދަލުކޮށް، ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރި ކަމަށް ހަލީމް ވިދާޅުވިއެވެ. ނަމަވެސް، ގިނަ ބަޔަކު ޚިދުމަތް ހޯދުމަށް ކިއޫގައި މަޑު ކުރަން ޖެހުނު ކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑަޔަލަސިސްގެ ޚިދުމަތަކީ ދިވެހި ރައްޔިތުންނަށް ޗޮއިސްއެއް ނޫން. އޮޕްޝަނެއް ނޫން. އެ ބޭފުޅުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް. ކޮންމެހެން ހޯދަން ޖެހޭ ޚިދުމަތެއް. އެއީ ކިޑްނީ ފެއިލްވެފައި ތިބޭ ބޭފުޅުން ކަމަށްވާތީ

އެ ޚިދުމަތް ހޯދުމަށް ކޮންމެ ހަފުތާއަކު ތިން ދުވަހު ދުވާލަކު ހަތަރު ގަޑިއިރު ހޭދަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ތިން ދަންފަޅިއަށް ޚިދުމަތް ފޯރުކޮށްދެމުން ދިޔައިރު، އިސްރަށްވެހިން ދަންވަރަށް އެ ތަކުލީފުގައި އުޅުމަކީ އެހާ ފަސޭހަ ކަމަކަށް ނުވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ރައީސްގެ އިރުޝާދާ އެއްކޮށް އޮރެންޖު ހިޔާގައި ހުޅުވި ސެންޓަރަކީ 30 އެނދާއި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އިތުރު ދެ އެނދަކާއެކު އައިސޮލޭޓް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސެންޓަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ، އެ ސެންޓަރުގައި ދެ ދަންފަޅިއަކަށް ޚިދުމަތް ފޯރުކޮށްދިނަސް، މިހާރު ދުވާލެއްގެ މައްޗަށް 150 މީހުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ދަށުން ހިންގާ އެ ސެންޓަރުގައި 30 އެނދާއި ޒަމާނީ ޚިދުމަތްތައް ވަނީ ގާއިމުކޮށްފައެވެ.

comment ކޮމެންޓް