އިންޑިއާގެ ނިކޮބާ އައިލެންޑްސްއަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް

އިންޑިއާގެ ނިކޮބާ އައިލެންޑްސް

އިންޑިއާއާ ވަކިން އޮންނަ, އެގައުމުގެ ރަށްތަކެއް ކަމަށްވާ ނިކޮބާ އައިލެންޑްސްއަށް 6.2 މެގްނިޓިއުޓުގެ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން ގާތްގަނޑަކަށް 23:41ހާއިރެވެ. މިކަމާ ގުޅިގެން ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މިއީ މާލެއާ 2215 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ. މީގެ ކުރިން ވެސް މި ސަރަހައްދަށް ބިންހެލުންތައް އައިސްފައި ވެއެވެ.

މި ބިންހެލުމުގެ އަސަރު މާލެއަށް ކުރިކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެގޮތުން ކުޑަ ވަގުތުކޮޅަކަށް ލޮޅުން އިހުސާސްވި ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް ރާއްޖެއާ ކައިރި ސަރަހައްދުތަކަށް ބިންހެލުން އައުމުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމުގެ އަސަރު ކޮށްފައި ވެއެވެ.

comment ކޮމެންޓް