އުރަމަތީގެ ކެންސަރާއި ޖެނެޓިކްސްގެ ގުޅުން ކުޑަ

އަންހެނުންނަށް އުރަމަތީގެ ކެންސަރުޖެހޭ މިންވަރު އިތުރުވަމުން އަންނައިރު މި ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ވަނީ އުމުރުން ދުވަސްވުމުން ކަމަށް ޑރ.އަރޫން ވޯރިއަ ވަނީ ބުނެފައި--ފޮޓޯ/ނިއުއިންޑިއަންއެކްސްޕްރެސް

އުރަމަތީގެ ކެންސަރަކީ ކެންސަރުގެ ވަރަށް އާންމު ވައްތަރެކެވެ. އަންހެނުންނަށް އުރަމަތީގެ ކެންސަރުޖެހޭ މިންވަރު އިތުރުވަމުން އަންނައިރު މި ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ވަނީ އުމުރުން ދުވަސްވުމުންނެވެ.

އުމުރުން ދުވަސްވާ އަންހެނުންނަށް ވެސް ހަގީގަތުގައި ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑީ އިއްދައިން ކެނޑުމާ ހަމައިން ކަމަށް އެސްޓަ މެޑްސިޓީގެ މެޑިކަން އޮންކޮލޮޖިސްޓް އަދި ސީނިއާ ކޮންސަލްޓަންޓް ޑރ. އަރޫން ވޯރިއާ ވަނީ ބުނެފައެވެ.

ޑރ. އަރޫން ވޮރިއާ ބުނި ގޮތުގައި މިހާރަކަށް އައިސް ގިނައިން ފެންނަނީ އުމުރުން 30 އަހަރާއި 40 އަހަރުގެ ޒުވާން އަންހެނުންގެ ތެރެއިން ގިނަ ބަޔަކަށް 'ޓްރިޕަލް ނެގެޓިވް ޓައިޕް' ކިޔާ އެގްރެސިވް އުރަމަތީގެ ކެންސަރު ވޭރިއަންޓެއް އުފެދިގެން އަންނަ ތަނެވެ.

އިންޑިއާގެ އެސްޓަ މެޑްސިޓީގެ މެޑިކަލް އޮންކޮލިޖްސްޓް އަދި ސީނިއަ ކޮންސަލްޓަންޓް ޑރ.އަރުން ވޯރިއާ--ފޮޓޯ/ނިއުއިންޑިއަންއެކްސްޕްރެސް

އުރަމަތީގެ ކެންސަރު އުފެދެނީ އާއިލީ ތާރީޚެއް އޮވެގެން ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ނަމަވެސް ހަގީގަތުގައި އުރަމަތީގެ ކެންސަރު ގިނައިން ޖެހެނީ އާއިލީ އެއްވެސް ތާރީޚެއް އޮވެގެން ނޫން ކަމަށް ޑރ. އަރޫން ވޯރިއާ ވަނީ ބުނެފައެވެ. މިގޮތަށް ކެންސަރުޖެހޭ މީހުންގެ އާއިލީ މެންބަރުންގެ ތެރެއިން ވެސް އޭގެ ނުރައްކާތެރިކަން ބޮޑީ މަންމައާއި، އެއްބަނޑު އެއްބަފާ މީހުންނާއި ދަރިންނެވެ.

މި މީހުންނަށް ވެސް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑީ ޒުވާން އުމުރުގައި ކަމަށް ޑރ. އަރޫން ވޯރިއާ ވަނީ ބުނެފައެވެ. ޑރ. އަރޫން ވޮރިއާ ބުނި ގޮތުގައި ބީއާރްސީއޭ ފަދަ ޖެނެޓިކް ޕްރެޑިޑެންޝަނުން ވެސް ނުރައްކާ ބޮޑުވާއިރު މިއީ ވަރަށް މަދުން ދިމާވާ ކަމެއްގެ ގޮތުގައި ޑރ. އަރޫން ވަނީ ސިފަކޮށްފައެވެ.

އާއްމުކޮށް އުރަމަތީގައި ރިއްސާ ރިއްސުމަކީ އެއީ ކެންސަރުގެ އަލާމާތެއް ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ނަމަވެސް ކެންސަރުގެ ފުރަތަމަ މަރުހަލާގައި އުރަމަތީގެ ގިނަ ކެންސަރުތަކަކީ ވޭން ނެތް ކެންސަރުތައް ކަމަށް ޑރ. އަރޫން ވަނީ ބުނެފައެވެ. ކެންސަރު ބައްޔަށް ހުށަހެޅުމަށް ފަހު ވަށައިގެންވާ މަސްތައް ނުވަތަ ނާރުތަކަށް ބޮޑުވެ އެ މަސްތައް އަރައިގަތުމުން ގައިގައި ރިހުމެއް އުފެދޭ ކަމަށް ޑރ. އަރޫން ވޯރިއާ ވަނީ ބުނެފައެވެ.

އުރަމަތީގައި އުފެދޭ ލަމްޕްތައް ނުވަތަ ގަނޑުލާފައިވާނަމަ އެއީ ކެންސަރު ބައްޔަށް ތިމާ ހުށަހެޅިފައިވާ ކަމަށް ގިނަ މީހުންނަށް ގަބޫލުކުރެވޭ ކަމަށް ޑރ. އަރޫން މިކަމާ ގުޅޭގޮތުން ނެރުނު ލިޔުމެއްގައި ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް، ބައެއް އަންހެނުން އުމުރުން ދުވަސްވާ ވަރަކަށް ހޯމޯންއަށް އަންނަ ބަދަލުތަކާ ގުޅިގެން ފައިބްރޯޑް އުރަމަތީގައި އުފެދޭ ކަމަށް ޑރ.އަރޫން ވޮރިއާ ބުނެފައިވެއެވެ. މިއީ ވަރަށް ގިނަ އަންހެނުންނަށް ކުރިމަތިވާ ކަމެއް ކަމަށާއި އެއީ ގިނަ ފަހަރަށް ކެންސަރާ ގުޅުމެއް ނެތް ކަންކަން ކަމަށް ޑރ. އަރޫން ވަނީ ބުނެފައެވެ.

މިފަދަ ފައިބްރޯޑްއާ ހެދި އުރަމަތީގައި ރިހުން އުފެދެނީ އާއްމުކޮށް ހައިޟުގެ ދުވަސްވަރެވެ. އުރަމަތީގައި ހުންނަ އެފަދަ ގަނޑުތައް އެއީ ކެންސަރުތޯ ނުވަތަ ނޫންތީ ދެނެގަނެވޭނީ އަލްޓްރާސައުންޑު ސްކޭންއެއްގެ އެހީގައި ކަމަށް ޑރ.އަރޫން ވަނީ ބުނެފައެވެ.

ނިސްބަތުން ކެންސަރުޖެހޭ މިންވަރު އިތުރު ނަމަވެސް ފިރިހެނުންނަށް އާއްމުކޮށް ކެންސަރު ބަލި ނުޖެހޭ ކަމަށް ޑރ.އަރޫން ވަނީ ފާހަގަކޮށްފައެވެ. ފިރިހެނުންގެ ތެރެއިން އުރަމަތީގެ ކެންސަރު ޖެހޭ މިންވަރަކީ އެންމެ އިންސައްތައެއް ކަމަށްވާއިރު ފިރިހެންނުންނަށް އުރަމަތީގެ ކެންސަރު ބަލި ޖެހެނީ ވެސް އޭގެ އެންމެ ފަހު ސްޓޭޖްގައި ކަމަށް ޑރ. އަރޫން ވަނީ ބުނެފައެވެ.

comment ކޮމެންޓް