އާބާދީ އިތުރު ކުރަން، ޗައިނާގައި ހޯދާ ކޮންމެ ކުއްޖަކަށް 500 ޑޮލަރުގެ އަލަވެންސެއް

ވިހެއުމުގެ ނިސްބަތް އިތުރުކޮށް ގިނަ ދަރިން ހޯދަން ހިތްވަރު ދިނުމުގެ ގޮތުން ޗައިނާގައި އުމުރުން ތިން އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް އަހަރަކު 500 ޑޮލަރުގެ ސަބްސިޑީއެއް ދޭން ހުށަހަޅައިފިއެވެ.

ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމު ނަމަވެސް އެ ގައުމުގެ އާބާދީގެ ނިސްބަތް މިހާރު އަންނަނީ ވަރަށް ބޮޑަށް މަދުވަމުންނެވެ.

ތިން އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް އަހަރަކު 3،600 ރުޕީސް (503 ޑޮލަރު) ސަރުކާރުން އާއިލާތަކަށް ދޭނެ ކަމަށް ދައުލަތުގެ ނޫސް އެޖެންސީ ޝިންހުއާ އިން ރިޕޯޓުކޮށްފައިވާއިރު، މި ސަބްސިޑީ ދޭން ނިންމާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު އުފަންވާ ކުދިންނަށެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ތަރުޖަމާނަކާ ހަވާލާދީ ޝިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސިޔާސަތުގެ ސަބަބުން ކޮންމެ އަހަރަކު 20 މިލިއަނަށް ވުރެ ގިނަ އާއިލާތަކަށް ފައިދާ ކުރާނެއެވެ.

"ގައުމުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް ސީދާ ނަގުދު ފައިސާގެ ސަބްސިޑީ ފޯރުކޮށްދިނުމުން ދަރިން ތަރުބިއްޔަތު ކުރުމުގެ ބުރަ ކުޑަކުރުމަށް އެހީތެރިވެދޭނެ" ހެލްތު ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވިއެވެ.

އިލްމުވެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާކޮށް އަޅާފައިވާ މި ފިޔަވަޅަކީ ދަރިމައިވުމުގެ ނިސްބަތް ދަށްވުމާއި ކައިވެނިތައްކުރާ މިންވަރު ދަށްވުމުން އަޅާފައިވާ ފިޔަވަޅެކެވެ.

ޗައިނާގެ އާބާދީ ދަށްކުރުމުގެ ގޮތުން އެތައް ދުވަހަކަށް ދެމިގެންދިޔަ އެއް ކުއްޖަކު ހޯދުމުގެ ސިޔާސަތު 2016 ވަނަ އަހަރު ވަނީ ނިމުމަކަށް ގެނެސްފައެވެ. ނަމަވެސް ޗައިނާގެ އާބާދީ ވިދިވިދިގެން ތިން އަހަރު ވަނީ އާބަދީ ދަށަށް ގޮސްފައެވެ.

މިދިޔަ އަހަރު ވިހެއުމުގެ އަދަދު ގާތްގަނޑަކަށް 520،000 އިތުރުވެ، 9.5 މިލިއަނަށް އަރާފައިވާއިރު، 2017 ވަނަ އަހަރު އެ އަދަދު 2017 ވަނަ އަހަރު ހުރީ 17.9 މިލިއަންގައެވެ.

މިދިޔަ އަހަރު އާބާދީން 1.39 މިލިއަން މަދުވެފައި ވާއިރު, ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމު ޗައިނާއަށް ވަނީ 2023 ވަނަ އަހަރު ގެއްލިފައެވެ. އެ މަގާމު މިހާރު ވަނީ އިންޑިއާއަށް ލިބިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް