ދިރާގުން އިތުރު ގައުމުތަކަކަށް ސީދާ ގުޅައިލެވޭ ޕެކޭޖްތަކެއް ތައާރަފުކޮށްފި

ދިރާގު ހެޑް އޮފީސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިރާގުން އިތުރު ގައުމުތަކަކަށް އިންޓަނޭޝަނަލް ޑައިރެކްޓް ޑައިލިން (އައިޑީޑީ) ޕެކޭޖްތަކެއް ހެޔޮ އަގުތަކެއްގައި ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ މި ޕެކޭޖްތަކަށް ޚަރަދުކުރަން ޖެހޭނީ 55 ރުފިޔާއިން ފެށިގެން 125 ރުފިޔާއާ ދެމެދުގެ އަގުތަކެއް ކަމަށެވެ. ދިރާގުން އައިޑީޑީ ޕެކޭޖްތައް ތައާރަފު ކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ޗައިނާ، މެލޭޝިއާ ބަންގްލަދޭޝް، ނޭޕާލް، ތައިލޭންޑް، އޮސްޓްރޭލިއާ، ސައުދީ އަރަބިއްޔާގެ އިތުރުން އިތުރު ޤައުމުތައް ހިމެނެއެވެ.

ދިރާގު އައިޑީގެ ޕެކޭޖްގެ ދަށުން، މި ޤައުމުތަކަށް އިންޓަނޭޝަނަލް މިނިޓްސްގެ އިތުރުން ހިލޭ ޑޭޓާ ލިބޭއިރު، ދިރާގުގެ ޕްރިޕެއިޑް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް އަދި "މައި އެކައުންޓް" މެދުވެރިކޮށް މި ޕެކޭޖުތައް އެކްޓިވޭޓް ކުރެވޭނެއެވެ.

މި ޕެކޭޖްގެ އެހީގައި ދިވެހީންގެ އާއިލާތަކާއި، ރާއްޖޭގައި އުޅޭ ބިދޭސީންގެ އާއިލާތަކާއި އެހެނިހެން ފަރާތްތަކުގެ ހާލު ބަލައި ގުޅުން ބަދަހި ކުރުމަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް