އާއިލާއާއެކު ޢުމްރާކޮށް ޤުބާ މިސްކިތުން ފޭބުމަށް ފަހު މަރު

ޢުމްރާއަށް ގޮސް އުޅެނިކޮށް މަރުވި މަރްޔަމް: އޭނާ މަރުވީ މިއަދު -- ފޮޓޯ/ ފައިނު ސްކޫލު

އާއިލާ އެކު، ޢުމްރާއަށް ދިޔަ މީހަކު ފުރަތަމަ ޢުމްރާއަށް ފަހު ޤުބާ މިސްކިތުގައި ދެ ރަކުއަތް ނަމާދެއް ކުރިތާ ކުޑައިރުކޮޅެއް ފަހުން ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެއެވެ.

އުމްރާއަށް ގޮސް ހުއްޓައި މިއަދު މަރުވީ، ރ. ފައިނު ސްކޫލުގެ ޓީޗަރެއް ކަމަށްވާ އެ ރަށު މަރްޔަމް ސިޔާމާއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި މަރިޔަމް ޢުމްރާއަށް ދިޔައީ އާއިލާގެ ބައެއް މެންބަރުންނާ އެކުގައެވެ. އަދި، ޢުމްރާއަށް ދިޔައިރު ބޮޑު ބައްޔެއް ނެތްކަން ވެސް ވަނީ އެނގިފައެވެ.

އެނގިފައިވާ ގޮތުގައި އޭނާ މަރުވީ ޢުމްރާގެ އަޅުކަމަށް ގޮސް، ޢުމްރާ އަދާކުރުމަށް ފަހު މަދީނާއަށް އެނބުރި ގޮސް ޤުބާ މިސްކިތުގައި ދެ ރަކުއަތް ނަމާދެއް ކުރުމަށް ފަހުއެވެ. ޤުބާ މިސްކިތަކީ މި އުންމަތުގައި ބިނާކުރެއްވި ފުރަތަމަ މިސްކިތެވެ.

ވުޟޫކޮށްގެން ޤުބާ މިސްކިތަށް ގޮސް، ދެ ރަކުއަތް ނަމާދެއް ކުރި މީހާއަށް ޢުމްރާއެއްގެ ސަވާބު ލިބޭކަމަށް މާތް ރަސޫލާގެ ހަދީޘްއެއްގައިވެއެވެ.

"އެންމެންނާ ވެސް ގުޅޭ ހިތްހެޔޮ މަޑުމައިތިރި މިޒާޖުގައި މަޖާ ގޮތް ހުންނަ މަރްޔަމް މިސްއަކީ ކުދިންނާއި ބެލެނިވެރިން ވެސް ވަރަށް އިހުތިރާމުކުރާ، ގަދަރުކުރާ، ޚުލްގު ހެޔޮ މިސްއެއް،" މަރްޔަމް ވަހީދާ ކިޔާ އެ ރަށު މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ތ. ވަންދުއަށް އުފަން, އުމުރުން 70 އަހަރުގެ އިސްމާއީލް އަހުމަދު ވަނީ އުމްރާގެ އަޅުކަމަށް މައްކާގައި ހުއްޓައި، މަރުވެފައެވެ.

އިސްމާއިލްގެ މައްޗަށް ކުރި ކަށުނަމާދު ބާއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ފަތިސް ނަމާދަށް ފަހު މަސްދިޖުލް ޙަރަމްގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް