ފިލްމު "ޝުދް ދޭސީ ރޮމޭންސް"އިން 2013 ވަނަ އަހަރު ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ބަތަލާ ވާނީ ކަޕޫރަށް ފިލްމު އިންޑަސްޓްރީން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އަމިއްލަ ހަށިގަނޑުގެ ކުލަ އަލިނުވުން ކަމަށް ބަތަލާ ބުނެފިއެވެ.
ފިލްމީ ދާއިރާއާ ގުޅުނުއިރު ވެސް އެއީ ގޮންޖެހުންތައް ގިނަ އިންޑަސްޓްރީއެއް ކަމަށް ވަރަށް ގިނަ ބަޔަކު ވާނީ ގާތު ބުނި ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ޚާއްސަކޮށް ފިލްމު އިންޑަސްޓްރީގައި އުޅޭ އެއްވެސް މީހަކާ ގުޅުމެއް ނެތް މާ ދުރުން އަންނަ މީހަކަށް އެއީ ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހޭ އިންޑަސްޓްރީއެއް ކަމަށް މަޝްހޫރުވެފައިވާ ކަމަށް ވާނީ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
"ނިއުސް18"އަށް ދިން އިންޓަވިއުގައި ވާހަކަ ދައްކަމުން ވާނީ ބުނީ، ބަތަލާ އަކީ ހިމަތޮޅިކޮށް ހުންނަ މީހެއް ކަމުން އެކަމަށް ފާޑުކިޔުނު ޕްރޮޑިއުސަރުން ވެސް އޭރު ތިބި ކަމަށެވެ. އަމިއްލަ ހަމުގެ ކުލަ އަލިނުވާތީ ވާނީއަށް ލިބުނު ފިލްމަކުން ބަތަލާ ވަކިކުރި ދުވަހަކީ ކެރިއަރުގައި އެންމެ ބޮޑަށް ދެރަވި ދުވަސް ކަމަށް ވައިއާރްއެފްގެ "ވޯ"ގެ ބަތަލާ ވަނީ ބުނެފައެވެ.

ވާނީ ކަޕޫރު ޕާކިސްތާނު އެކްޓަރު ފަވާދު ޚާންއާ އެކު. ދެ ތަރިން އެކީގައި ކުޅެފައިވާ ފިލްމު "އަބީރު ގުލާލް" ރިލީޒްކުރާނެ ތާރީޚަކާ މެދު ވަނީ ސުވާލު އުފެދިފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އަމިއްލަ ހަށިގަނޑުގެ ބަރުދަން އިތުރުކޮށް ހަމުގެ ކުލަ އަލިކުރުމަށް ވަރަށް ގިނަ ފިލްމު ޕްރޮޑިއުސަރުން ބުނެފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ފާޑުކިޔުމަކަށް ފަހުން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ވާނީ ވަނީ ބުނެފައެވެ.
ވާނީއަކީ ސިއްހީގޮތުން ވެސް ދުޅަހެޔޮކަންމަތީ ހުރި މީހެއްކަން އަމިއްލައަށް އެނގޭ ކަމަށާއި އެހެން ބައެއްގެ އުފަލަށްޓަކައި އަމިއްލަ މީހާގެ ނަފުސަށް ބަދަލުތަކެއް ގެނައުމުގެ ބޭނުމެއް އެއްވެސް ވަރަކަށް ނުވިސްނޭ ކަމަށް ވާނީ ވަނީ ބުނެފައެވެ.
ދާދި ފަހުން ނެޓްފްލިކްސްގައި ރިލީޒްކުރި ކްރައިމް ތުރިލާ ސީރީޒް "މަންޑާލާ"ގެ ބަތަލާ ބުނެފައިވަނީ އެފަދަ ފާޑުކިޔުންތައް ލިބެނީ ވާނީއަށް ހެޔޮ އެދިގެން ކަމެއް ނުވަތަ ނޫންކަމެއް ބައެއް ފަހަރު ނޭނގޭ ކަމަށާއި ވާނީއަށް އަމިއްލަ ހަމުގެ ކުލަ ވަރަށް ރީތި ކަމަށެވެ. އެހެންވެ، ފިލްމު އިންޑަސްޓްރީއިން ލިބޭ ފުރުސަތުތައް ބިނާވާންޖެހެނީ އެ މީހެއްގެ ހަމުގެ ކުލައަށް ބިނާކޮށް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ވާނީގެ ކެރިއަރުގެ މަގުބޫލު ފިލްމުތަކުގެތެރޭ ރަންބީރު ކަޕޫރާ އެކު ކުޅުނު ފިލްމު "ޝަމްޝޭރާ"، "ކޭލް ކޭލް މޭ" އަދި ދާދިފަހުން ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ރެއިޑް 2" ހިމެނެއެވެ.