އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރިކޯޑް އަމްނާ ތަޒްކިޔާ މިރުޞާދު އައު ކޮށްފިއެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ތަޒްކިޔާ މި ރިކޯޑް އަައު ކޮށްފައިވަނީ 01:04.04 އިން ރޭސް ނިންމައިގެންނެވެ.
މިއިވެންޓުގެ ޤަައުމީ ރިކޯޑް އެންމެފަހުން އާކޮށްފައިވަނީ ވަނީ، ޔޫޑަބްލިއުއެސްސީ (ދަ ޔުނިވާސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިން ކްލަބް) ކްލަބް ނައިޓް ނަންބަރު ފަހެއްގައި ޢާއިޝަަތު ޢުލްޔާ ޝާއިޤްއެވެ.
ޢުލްޔާ މި ރިކޯޑް އޭރު އަައުކުރީ 01:04.32 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ހަތަރު ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭގެ އިތުރުން ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ވެސް ވަނީ އައުކޮށްފައެވެ.
މިއީ މި ފަހަރުގެ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކުޅުންތެރިން ފެތުމުގެ ޤައުމީ ރެކޯޑެއް އައުކުރި ހަވަނަ ފަހަރެވެ.