މިއަދު އުރީދޫއަށް 20 އަހަރު ފުރުމާ ގުޅިގެން ކަސްޓަމަރުންނަށް ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
އެގޮތުން، އަހަރީ ދުވަހާ ގުޅިގެން މިދިޔަ އެޕްރީލް މަހު އުރީދޫއިން ވަނީ ލިވް އަންލިމިޓަޑް ކެމްޕެއިން ފަށާފައެވެ.
މި ކެމްޕެއިންގެ ދަށުން އުރީދޫގެ ކޮންމެ ޚިދުމަތަކަށް 250 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ނަގާނެއެވެ.
ނަސީބުވެރި 19 ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް އުރީދޫއިން ނިންމާފައިވާއިރު، 20 ވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާއަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ޙައްޖު ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށް އުރީދޫއިން ބުނެއެވެ.
ހަމައެހެންމެ، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހަށް ވަކި ޑޭޓާ ޕެކްތަކުން 20 ޕަސެންޓާ ހަމައަށް ބޯނަސް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ. މި ބޯނަސް ޑޭޓާ ހަތަރު ހަފުތާއަށް ބޭނުންކުރެވޭނެއެވެ.
މީގެ އިތުރަށް މި މަހުގެ ފުރަތަމަ ތިން ދުވަހު ކަސްޓަމަރުންނަށް މައި އުރީދޫ އެޕްގައި ވާ "ސްޕިން ދަ ވީލް" ފީޗާގައި ނަސީބު ޓްރައިކޮށް ސަޅި އޮފާތައް އަންލޮކް ކުރުވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
މި މަހުގެ ތެރޭގައި އެމްފައިސާ މެދުވެރިކޮށް ފުޑީސް އޯޑަރުތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ފުޑީޒް އިން ދެން އަންނަ އޯޑަރުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ވެސް އުރީދޫއިން ވަނީ ނިންމާފައެވެ.