'ލަވް އެންޑް ވޯ'އިން ޕްރިޔަންކާ ނުފެންނާނެ

ބޮލީވުޑްގެ އިތުރުން މިހާރު ހޮލީވުޑް ފިލްމުތަކުން ވެސް ފެންނަ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ--ފޮޓޯ/ޕީޕްލް

ބޮލީވުޑްގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ"ގެ އައިޓަމް ލަވައަކުން ބަތަލާ ޕްރިޔަންކާ ފެންނާނެ ކަމަށް ބައެއް ރިޕޯޓުތަކުން ބުނުމާ އެކު އެކަން ބަންސާލީ ޕްރޮޑަކްޝަންސްއިން ދޮގުކޮށްފިއެވެ.

ފިލްމު "ލަވް އެންޑް ވޯ"ގެ އައިޓަމް ލަވަޔަކުން ޕްރިޔަންކާ ފެންނާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ ދާދި ފަހުން ބަތަލާ އިންޑިއާއަށް ކުރި ދަތުރުގައި ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީއާ ބައްދަލުކުރިކަން މީޑިއާ ރިޕޯޓަރުންނަށް އެނގުމާ ގުޅިގެންނެވެ.

ބައެއް މީޑިއާތަކުން ބުނެފައިވަނީ ހޮލީވުޑްގައި ވެސް މަސައްކަތްކުރަމުން އަންނަ ބަތަލާ އެނބުރި އިންޑިއާގެ ފިލްމުތަކުން ފެންނަ މަންޒަރު ދެން އިތުރުވާނެ ކަމަށެވެ. ނަމަވެސް، ޕްރިޔަންކާގެ ވަރަށް ގާތް ފަރާތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ އެ ޚަބަރުތައް ވެސް ދޮގުކޮށްފައެވެ.

އަންނަ އަހަރުގެ މާރިޗު މަހު ސިނަމާތަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ "ލަވް އެންޑް ވޯ"އަކީ ބަތަލާ އާލިއާ ބަޓް އަދި އެކްޓަރުން ކަމަށްވާ ރަންބީރު ކަޕޫރާއި ވިކީ ކޯޝަލް ލީޑް ރޯލްތަކުން ފެންނާނެ ވަރަށް ވަރުގަދަ ލޯބީގެ އެކްޝަން ތުރިލާއެކެވެ.

މި ފިލްމުން ބަތަލާ ޕްރިޔަންކާގެ ޚާއްސަ ފެނިލުމެއް ބެލުންތެރިންނަށް ފެނިދާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ސަންޖޭ ޑައިރެކްޓްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ގޯލިއޯން ކީ ރާސް ލީލާ: ރާމް ލީލާ"ގެ ހާއްސަ ލަވަޔަކުން ޕްރިޔަންކާ ވަނީ ކުރިން ފެނިފައެވެ. އެ ފިލްމުގައި ބަތަލާ ކުޅުނު އެ ލަވައަށް އާއްމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވ

comment ކޮމެންޓް