އެޕަލް އިންޓެލިޖެންސަށް ޖީޕީޓީ-5ގެ ސަޕޯޓް ލިބޭނެކަމަށް ރިޕޯޓްކޮށްފި

ވިޝަންއޯއެސް 26 ގައި ޗެޓްޖީޕީޓީ އިންޓަގްރޭޝަނަށް ޖީޕީޓީ-5 އަށް ސަޕޯޓް ލިބޭނެ ކަމެއް އަދި ނޭނގެ ---

އެޕަލް އިންޓެލިޖެންސްގެ ޗެޓްޖީޕީޓީ އިންޓެގްރޭޝަނަށް އަންނަ މަހު ޖީޕީޓީ-5ގެ ސަޕޯޓް ލިބޭނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޯޕަންއޭއައިއިން ވަނީ ޖީޕީޓީ-5 ތައާރަފުކޮށް، ޗެޓްޖީޕީޓީގެ ހުރިހާ އިންޓަފޭސްތަކަށް (ވެބްސައިޓް، ޑެސްކްޓޮޕް، މޯބައިލް) ހުރިހާ ޔޫޒަރުންނަށް ތައާރަފުކޮށްފައެވެ.

އެޕަލް އިންޓެލިޖެންސްގައި ޗެޓްޖީޕީޓީ އިންޓެގްރޭޝަން ފެށުނީ އައިއޯއެސް 18، އައިޕެޑްއޯއެސް 18، އަދި މެކްއޯއެސް ސެކޯޔާ އާއެކުގައެވެ. ފަހުން އެ އިންޓަގްރޭޝަން ވިޝަންއޯއެސް 2 އަށްވެސް ފުޅާކުރިއެވެ.

ފުރަތަމަ އެޕަލް އިންޓެލިޖެންސްގައި ޗެޓްޖީޕީޓީއަށް ބާރުދީފައިވަނީ ޖީޕީޓީ-4އޯ އޭއައި މޮޑެލްއިންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޖީޕީޓީ-5އަށް އަޕްގްރޭޑްކުރާނީ އައިއޯއެސް 26، އައިޕެޑްއޯއެސް 26، އަދި މެކްއޯއެސް ޓާހޯ 26 އާއެކުގައެވެ. ނަމަވެސް ވިޝަންއޯއެސް 26 އަށް ޖީޕީޓީ-5ގެ އަޕްގްރޭޑް ލިބޭނެކަން އަދި ސާފެއް ނުވެއެވެ.

އެޕަލް އިންޓެލިޖެންސްގައި ޗެޓްޖީޕީޓީ ބޭނުންކުރެވެނީ ސިރީއާއެކުގައެވެ. މި ޚިދުމަތް އެހާ މުހިންމުވަނީ މާ ގިނަ ސުވާލުތަކަށް ނުވަތަ ރީޒަނިން ކެޕެބިލިޓީ ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުމަށެވެ.

ޑޮކިއުމެންޓްތަކާއި ފޮޓޯތަކާ ގުޅުންހުރި ބައެއް މަސައްކަތްތައް ކުރުމަށްވެސް ޗެޓްބޮޓް ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން، އެޕަލްގެ ރައިޓިން ޓޫލްސްއިން ޗެޓްޖީޕީޓީ ބޭނުންކުރަނީ ލިޔުންތައް ކޮމްޕޯޒްކުރުމަށާއި، އަލުން ލިޔުމަށާއި، ދިގުކުރުމަށާއި، ކުރުކުރުމަށާއި، ފޮޓޯ އުފެއްދުމަށެވެ.

އައިފޯން 16 ސީރީޒާއެކު ތައާރަފްކުރި ވިޝުއަލް އިންޓެލިޖެންސް ފީޗާގައި ޗެޓްޖީޕީޓީގެ ކޮމްޕިއުޓާ ވިޝަން ބޭނުންކުރަނީ ވަށައިގެންވާ މާހައުލާ ބެހޭގޮތުން ޔޫޒަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށެވެ. މި ހުރިހާ ފީޗާތަކަށްވެސް ބޭނުންކުރާ ފަރާތުގެ ހުއްދަ ބޭނުންވެއެވެ. އަދި ޑިވައިސްއިން އޯޕަންއޭއައިގެ ޗެޓްބޮޓަށް ސުވާލުތައް ފޮނުވާކަން އަންގާ މެސެޖެއް ވެސް ފެންނާނެއެވެ.

އޯޕަން.އޭ.އައިގެ ފްރޮންޓިއާ އޭއައި މޮޑެލް އިތުރުކުރުމުން، އެޕަލް ބޭނުންކުރާ މީހުންނަށް އޭގެ ގާބިލިއްޔަތުތަކާއި މައުލޫމާތު ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސެން ފްރެންސިސްކޯގައި ހުންނަ އޯޕަންއޭއައިއިން ބުނާގޮތުގައި ޖީޕީޓީ-5 އިން ލިޔުމާއި، ހިސާބާއި ކޯޑިން، އަދި ސިއްޙީ ދާއިރާގެ މައުލޫމާތުގައި ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެއެވެ.

މި މޮޑެލްއިން ރީޒަނިން ކެޕެބިލިޓީވެސް އެއްކޮށްލާފައިވާތީ، ބޭނުންކުރާ މީހުންނަށް ކުރިއަށްވުރެ މާ ގިނަ ސުވާލުތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

comment ކޮމެންޓް