އުރީދޫގެ އަހަރީ ކެމްޕެއިން: އުމްރާ ދަތުރު ލިބޭ ހަވަނަ ނަސީބުވެރިޔާ ހޮވައިފި

އުރީދޫގެ 20ވަނަ އަހަރީދުވަހާއި ގުޅުވައިގެން ހިންގާ ޕްރޮމޯޝަނުގެ ހަވަނަ ނަސީބުވެރިޔާ، މުހައްމަދު އިފާޒާ، އިނާމު ހަވާލު ކުރަނީ: ފޮޓޯ/ އުރީދޫ

އުރީދޫގެ 20ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފަށާފައިވާ "ލިވް އަންލިމިޓެޑް" ކެމްޕެއިންގެ ތެރެއިން އުމްރާ ދަތުރެއް ދޭ ޕްރޮމޯޝަނުގެ ހަވަނަ ނަސީބުވެރިޔާ މިއަދު ހޮވައިފިއެވެ.

އުމްރާ ދަތުރެއްދޭ މި ޕްރޮމޯޝަނަކީ ކޮންމެ 20 ދުވަހަކުން ނަސީބުވެރިއަކު ހޮވާގޮތަށް ކުރިޔަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ޖުމްލަ 19 މީހަކަށް އުމްރާ ދަތުރު ލިބޭނެއެވެ.

މި ޕްރޮމޯޝަނުގެ ހަވަނަ ނަސީބުވެރިއަކަށް ހޮވުނީ މުހައްމަދު އިފާޒެވެ.

އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ އެއް ކަސްޓަމަރަކަށް ލިބޭ ދެ މީހެއްގެ ހައްޖު ދަތުރެކެވެ.

އުރީދޫން ދޭ ހައްޖާއި އުމްރާ ދަތުރު ޕްރޮމޯޝަނުގައި، އުރީދޫގެ ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަަމަރުންނަށް ވެސް ބައިވެރިވެވެއެވެ.

އުރީދޫ މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދަށް ވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކޮށްގެންނެވެ. މީގެ އިތުރުން އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 400ރުފިޔާއިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދުން މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކުރުމުންނެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ 20ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފުކުރި "ލިވް އަންލިމިޓަޑް" އަކީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި އެއީ ކަސްޓަމަރުންނަށް ކުރާ ވައުދެއް ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ އުރީދޫގެ ކަނެކްޓިވިޓީއާ އެކު، ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަވުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް