ދިރާގުން ދޭ ސްޕީޑްބޯޓުތައް ހޯދުމުގެ ފުރުސަތު ހަތަރު ގުނަ ކުރުމުގެ ފުރުސަތެއް

ދިރާގުގެ ޕްރޮމޯޝަނުން ލިބޭ ސްޕީޑްބޯޓް --ފޮޓޯ/ ދިރާގު

ދިރާގުގެ 'އެންރޯލް އެންޑް ވިން ޓޫ ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ހަތަރު ގުނަ ކުރުމުގެ ޚާއްސަ ފުރުސަތެއް މިހާރު ހުޅުވައިލައިފައިވާކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން މިދިޔަ ހަފުތާގައި ފެށި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، އަދި ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް، އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް، ކޮންމެ ހަ މަހަކުން މުޅިން އައު ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ލިބެއެވެ.

ދިރާގުން ބުނީ، އަންނަ ސެޕްޓެންބަރު މަހުގެ 30ގެ ކުރިން މި ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުންނަށް، ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ހަތަރު ގުނަވާނެ ކަމަށެވެ.

މީގެ އިތުރުން ދިރާގުޕޭއަށް ރަޖިސްޓަރީކޮށްފައިވާ ކަސްޓަމަރުންނާއި މި ޕްރޮމޯޝަންގެ މުއްދަތުގައި ދިރާގުޕޭއަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް ވެސް ފުރުސަތު އިތުރުވާނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނީ ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުންނާއި، ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކުގެ ކަސްޓަމަރުންނަށެވެ. އަދި އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭނަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށާއި، ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު ކަސްޓަމަރުންނަށާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް، މި ޕްރޮމޯޝަންގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް، އަންނަ އަހަރުގެ 31 މާރިޗުގެ ނިޔަލަށް އެންރޯލްކުރެވޭނެއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި އުޅަނދުތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓްތަކެކެވެ. ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް ހުންނާނެ ކަމަސް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް