އިގްތިސާދު ދަށްވުމުގެ ސަބަބުން ނިއު ޒީލެންޑް ދޫކޮށް ދާ އެ ގައުމުގެ ރައްޔިތުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
އެ ގައުމު ދޫކޮށް ދާ މީހުންގެ އަދަދު ވޭތުވެ ދިޔަ 13 އަހަރު ތެރޭގައި ނުދާހާ މައްޗަށް ގޮސްފައިވާއިރު، އޭގެތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ 30 އަހަރުން ދަށުގެ މީހުންނެވެ. އެގޮތުން ގައުމު ދޫކޮށް ދިޔަ 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންގެ ނިސްބަތް ވަނީ 38 ޕަސެންޓަށް އިތުރުވެފައެވެ.
ސްޓެޓިސްޓިކްސް ނިއުޒީލެންޑުން ހުކުރު ދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިއުޒީލެންޑްގެ 71،800 މީހުން ވަނީ އެ ގައުމު ދޫކޮށް ގޮސްފައެވެ. އޭގެ އެއް އަހަރު ކުރިއަށް ބަލާއިރު، 67،500 މީހުން ގައުމުން ބޭރުވެފައިވާއިރު، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރެކޯޑް އަދަދެއް ކަމަށްވާ، 72،400 މީހުން ވަނީ ގައުމު ދޫކޮށް ގޮސްފައެވެ.
ނިއު ޒީލޭންޑު ދޫކޮށް އާންމު ރައްޔިތުން ދާން ފެށީ 1991 ވަނަ އަހަރަށް ފަހު، އެ ގައުމުގެ އިގްތިސާދު ނުދާހާ ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ވަޒީފާ ނެތް މީހުންގެ އަދަދު އަހަރުގެ ދެވަނަ ކުއާޓަރުގައި ވަރަށް ބޮޑަށް މަތިވެ، %5.2 އަށް އަރާފައިވާއިރު، ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް 2021 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށްފަހު އެންމެ ދަށްވެފައިވާ ވަނީ މި އަހަރެވެ.
އިގްތިސާދު އެހާ ބޮޑަށް އަޑިއަޅައިލީ އުފެއްދުންތެރިކަން ދަށްވުމާއި ސިޔާސަތުގެ އެކިއެކި ގޯސް ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އިގްތިސާދީ މާހިރުންނާއި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ވަޒީފާގެ ފުރުސަތުތައް މަދުވުމާއި ދިރިއުޅުމުގެ އަގު ބޮޑުވުމުގެ ސަބަބުން ނިއު ޒީލެންޑްގެ ރައްޔިތުން ދަނީ އަވަށްޓެރި އޮސްޓްރޭލިއާއި އިނގިރޭސިވިލާތް އަދި އެހެން ތަންތަނަށް ބަދަލުވަމުންނެވެ.