އުރީދޫ ނެޝަނުން މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންޓަ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އުރީދޫގެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސްތަކުގެ ޓީމްތައް އެއްތަނަކަށް އެއްވެ، ދުނިޔޭގެ އެންމެ މަގުބޫލު ތިން ވާދަވެރި ޓައިޓަލް ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ޓޯނަމަންޓްތަކުގައި ހުނަރުވެރި ކުޅުންވަނީ ދައްކާލާފައެވެ.
މި ފަހަރުގެ މުބާރާތުގައި ފާހަގަކޮށްލެވޭ ވަރުގެ ބައިވެރިވުމެއް ފެނިގެންދިޔައިރު، އީއޭއެފްސީގައި 20 ކުންފުންޏަކުން 47 ކުޅުންތެރިން ބައިވެރިވިއެވެ. އެއީ:
- އެމްއެލްބީބީ: 5 ކުންފުންޏަކުން 9 ޓީމް (63 ކުޅުންތެރިން)
- ޕަބްޖީ މޮބައިލް: 9 ކުންފުންޏަކުން 11 ޓީމު (52 ކުޅުންތެރިން)
މި މުބާރާތުން ކޯޕަރޭޓް ދުނިޔޭގައި އީސްޕޯޓްސްގެ މަގުބޫލުކަން އިތުރުވެ، ކުންފުނިތަކުގެ މެދުގައި އެކުވެރިކަމާއި ޓީމް ރޫހު ވެސް އުފެދުމަށް މަގުފަހިވިއެވެ.

އުރީދޫގެ ނޭޝަން އިންޓަ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕްގައި ކަސްޓަމްސް ވިދާލި -- ފޮޓޯ/ އުރީދޫ
ޕަބްޖީ މޮބައިލްގެ ވަނަތައް:
- އެއްވަނަ: ޔުނައިޓެޑް ބީއެމްއެލް އެސްޑީއެމްޒެޑް – 5،000 ރުފިޔާ•
- ދެވަނަ: އެމްޓީސީސީ – 3،000 ރުފިޔާ•
- ތިންވަނަ: މޯލްޑިވްސް ކަސްޓަމްސް ސާވިސް – 2،000 ރުފިޔާ
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)
- އެއްވަނަ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) - 5،000 ރުފިޔާ
- ދެވަނަ: މޯލްޑިވްސް ކަސްޓަމްސް ސާވިސް - 3،000 ރުފިޔާ
- ތިންވަނަ: ބޭންކް އޮފް މޯލްޑިވްސް (ޔުނައިޓެޑް ބީއެމްއެލް) - 2،000 ރުފިޔާ
އީއޭއެފްސީ
- އެއްވަނަ: ޖަނާން މުހައްމަދު - މޯލްޑިވްސް ކަސްޓަމްސް ސާވިސް - 5،000 ރުފިޔާ
- ދެވަނަ: މާހިލް މުހައްމަދު - ޕްރިހާބް ޕްރައިވެޓް ލިމިޓެޑް - 3،000 ރުފިޔާ
- ތިންވަނަ: ހުސެއިން ޔައީޝް – ހިވިން އިންވެސްޓްމަންޓްސް - 2،000 ރުފިޔާ
އުރީދޫ ނޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ދެވަނަ އިންޓަ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕްގެ ސަބަބުން، ރާއްޖޭގައި މަގުބޫލުވަމުން އަންނަ އީސްޕޯޓްސްގެ މައިދާނުގައި އޮފީސްތަކުގެ ޓީމްތަކާއި ކުޅުންތެރިންނަށް ބައިވެރިވުމަށް ޚާއްޞަ ފުރުޞަތެއް ލިބުނެވެ.