ސައުދީ އަރަބިއާގެ އާންމުންނަށް ވެސް ޒިޔާރަތް ކުރެވޭނެ ގޮތަށް އާ ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއު ފަށައިފިއެވެ.
ސައުދީ އަރަބިއްޔާގެ ހުޅަނގުން އައްސޭރީގައި އޮންނަ ލަހެގް ކިޔާ އެ ރަށަކީ 2،000 އަށް ވުރެ ގިނަ ކަނޑުގެ ބާވަތްތައް ދިރިއުޅޭ ޖަޒީރާ ރަށެކެވެ.
ރިސޯޓު ތަރައްގީކުރަން އެ ރަށް ހޮވާފައިވަނީ މުރަކަތަކާއި ހުދު ވެލިގަނޑަކާއި، ރީތީ އަމާން ފަޅު ބައްޓަންވެފައި އޮތް ގުދުރަތީ ރީތިކަމުންނެވެ.
ރެޑް ސީ ގްލޯބަލް (އާރުއެސްޖީ) ގްރޫޕްގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު އަހުމަދު ދަރުވީޝް އަރަބް ނިއުސްއަށް ވިދާޅުވި ގޮތުގައި 400 ހެކްޓަރަށް ވުރެ ބޮޑު މި ރަށް ފަރުމާކޮށްފައިވަނީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލަން ދިއުމަށް ނޫން ކަމަށާއި ނަމަވެސް ކޮންމެ ދުވަހަކު ޒިޔާރަތްކޮށް ދިރިއުޅެވޭނެ ގޮތަށެވެ.
"އެއީ ފޯސްޓާ އެންޑް ޕާޓްނަރުން ފަރުމާ ކުރާ ތަނެއް. އެ މީހުންގެ ތަސައްވުރު ބިނާވެފައިވަނީ ގުދުރަތީ ރީތިކަމުގެ މައްޗަށް. އެ މީހުންގެ 'ފޯއެވާ ގާޑަންސް' ކޮންސެޕްޓުން އުފެދެނީ ފެހިކަމާއި އާކިޓެކްޗަރަލް ހާމޮނީން ބައްޓަންކޮށްފައިވާ ރިޖެނެރޭޓިވް، ސެންސަރީ ރިޗް ޖަޒީރާއެއް," ދަރުވީޝް އިތުރަށް ވިދާޅުވިއެވެ.
'ފޯއެވާ ގާޑަންސް' ކޮންސެޕްޓްގެ ސަބަބުން އިމާރާތްތައް ގުދުރަތާ ގުޅިފައިވާކަން ކަށަވަރުކޮށްދީ، ރިކްލޭމް ކުރެވިފައިވާ ތަކެތި ބޭނުންކޮށްގެން، ސޯލާ އޮރިއެންޓޭޝަނަށް އިސްކަންދީ، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްދެއެވެ.
އެ ރަށުގެ އެންމެ ރީތި އެއް މަންޒަރަކީ އެ ރަށުގެ މެދުގައި ފަޅާއި ހުދު ވެލިގަނޑުގެ ވަށައިގެން ހުންނަ އަގުބޮޑު އެޕާޓްމަންޓްތަކާއި ހޮޓަލްތަކާއި ފިހާރަތައް ހިމެނޭ 800 މީޓަރުގެ ސްޓްރަކްޗަރެއް ކަމަށްވާ ދަ ރިންގްއެވެ.
ލަހެގް ފަރުމާކޮށްފައިވަނީ ހުރިހާ ޖީލަކަށް ވެސް ބޭނުންކުރެވޭ ގޮތަށް ކަމަށާއި ބީޗް ކްލަބްތަކާއި، އާއިލީ އެއްވުންތަކާއި ސަގާފީ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އާރްއެސްޖީ ގްރޫޕުން ހާމަކުރެއެވެ. އަދި, އިގުތިސާދު ފުޅާކޮށް، ވަޒީފާތައް އުފެއްދުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ވެސް ލަހެގްގެ ސަބަބުން އެހީތެރިކަން ލިބޭނެއެވެ.
ލަހެގް 2028 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާއިރު، ތަރައްގީގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ރަތް ކަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 16 ހޮޓާ ތަރައްގީ ކުރާނެއެވެ. އަދި، 2030 ވަނަ އަހަރުގެ ނިޔަލަށް މަޝްރޫއުގައި 50 ރިސޯޓާއި 8،000 ހޮޓަލް ރޫމާއި 1،000 އަށް ވުރެ ގިނަ ގެ އިމާރާތްކުރާނެއެވެ.