ދޮށީ އުމުރު އަންހެނެއްގެ އަތުން ޕާހެއް ފޭރިގަނެ ފިލައިފި

އަންހެނެއްގެ އަތުން ޕާހެއް ފޭރުނު ވީޑިއޯއެއް އާއްމުވެއްޖެ: ހާދިސާ ހިނގީ މިއަދު ހެނދުނު 09:04 ގައި -- ފުޓޭޖްގެ ސްނެޕްޝޮޓެއް

ހެންވޭރު ސަހަރާ ބިއްދޮށުގައި އޮންނަ ކިނބިގަސް މަގުން މިއަދު ހެނދުނު ހިނގާފައިދިޔަ އުމުރުން ދޮށީ އަންހެނެއްގެ އަތުގައި އޮތް ޕާހެއް، ޒުވާން ފިރިހެނަކު ފޭރުނު މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

ބާސިލް މުހައްމަދު ނަމަކަށް ކިޔާ މީހަކު، އާއްމުކުރި އެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެ ހާދިސާ ހިނގީ މިއަދު ހެނދުނު 09:04 ހާއިރެވެ. އޭނާ ބުނީ އެއީ އޭނާގެ މަންމަ ކަމަށެވެ.

ވީޑިއޯއިން ފެންނަނީ ކިނބިގަސް މަގުން ހިންގައިފައި ދިޔަ އެ އަންހެން މީހާއަށް ފާރަލަމުން، ފަހަތުން ޒުވާން ފިރިހެނަކު ހިނގާ ތަނެވެ.

އަންހެނެއްގެ އަތުން ޕާހެއް ފޭރުނު ވީޑިއޯއެއް އާއްމުވެއްޖެ: ހާދިސާ ހިނގީ މިއަދު ހެނދުނު 09:04 ގައި -- ފުޓޭޖްގެ ސްނެޕްޝޮޓެއް

އޭނާގެ އަތުގައި ކަޅު ކުލައިގެ ކޮތަޅަކާއި ކަޅުކުލައިގެ ޕާހެއް އޮތެވެ.

އެވަގުތު ފަހަތުން ހުދު ކުލައިގެ ގަމީހަކާއި ނޫ ކުލައިގެ ޖިންސެއް ލައިގެން ހުރި އެ ފިރިހެން މީހާ، ފަހަތުން ދުވެފައި އައިސް އަންހެން މީހާއާ އަރާ ހަމަކޮށް، އޭނާގެ އަތުގައި އޮތް ކަޅުކުލައިގެ ޕާސް ޖަހައިގަތެވެ. އަދި އެ ފިރިހެން މީހާ ވަނީ ބާރަށް ދުވެފައި ގޮސް އެތަނުން ފިލާފައެވެ.

އުމުރުން ދުވަސްވީ އެ އަންހެން މީހާ، ޕާސް ޖަހައިގަތް ވަގުތު އެ ފިރިހެން މީހާގެ ފަހަތުން ބާރަށް ހިނގައިގަތް މަންޒަރު އެ ފުޓޭޖުން ފެނެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ފަރާތުން އަދި މިހާތަނަށް މައުލޫމާތެއް ނުލިބެއެވެ.

މިފަދައިން މީހުން ފޭރުމުގެ ހާދިސާތައް މާލޭގައި އަންނަނީ ކަންބޮޑުވާ މިންވަރަށް އިތުރު ވަމުންނެވެ.

comment ކޮމެންޓް