ހުޅުމާލޭގައި ބިދޭސީއެއްގެ ދަބަހެއް ވަގަށް ނެދުމުން ފުލުހުން އެ ދަބަސް ހޯދައި، އެ މީހާއާ ރައްދުކޮށްދީފިއެވެ.
މިއަދު ފުލުހުން ފޭސްބުކްގައި އާންމުކުރި ފޮޓޯއަކުން ފެންނަނީ ކަޅުކުލައާއި ފެހިކުލައިގެ ލެޕްޓޮޕް ދަބަހެކެވެ.
އެ ފޮޓޯއާ އެކީ ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ފުލުހުން ބުނީ، ބިދޭސީއެއްގެ އެ ދަބަސް ވަގަށް ނެގިކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ ކަމަށެވެ.
އެހެންވެ، އެ މައްސަލައިގެ ތަހުގީގު ފަށައި ސީސީޓީވީ ފުޓޭޖުތައް ބެލުމަށް ފަހު، ދަބަސް ވަގަށް ނެގި މީހާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، އެ މީހާ ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ، އެ ދަބަހުގައި މުހިންމު ބައެއް ތަކެތި ރައްކާކޮށްފައި ހުރި ކަމަށާއި ވެރިފަރާތާ މިހާރު ދަބަސް ހަވާލުކޮށްފައިވާ ކަމަށެވެ.
މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.