އޭސީ އައުޓްޑޯ ޔުނިޓެއްގައި ރޯވެ، އެޕާޓްމަންޓަކަށް ބޮޑު ގެއްލުމެއް

އޭސީ އައުޓްޑޯ ޔުނިޓްގައި ރޯވެ، ހުޅުހިފުމުގެ ސަބަބުން މ. އަފްޒާގެ އެޕާޓްމަންޓަކަށް ގެއްލުންވެފައި، މި ހާދިސާގައި މީހަކަށް އަނިޔާނުވޭ --- ފޮޓޯ/ އެންޑީއެމްއޭ

މާލޭގެ ގެއެއްގެ ބެލްކަންޏެއްގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި އަލިފާން ރޯވެ، އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި ގެއްލުންވެފައިވަނީ މ. އަފްޒާގެ ހަވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓަކަށް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން "އެކްސް"ގައި ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އެޕާޓްމަންޓްގެ ސިޓިން ރޫމަށާއި ބެޑްރޫމަކަށް އެކިވަރުގެ ގެއްލުންވެފައިވެއެވެ. އެ ތަނުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ. އަދި، އެ ގޭގެ ސިޓިން ރޫމު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:43 ހާއިރު ކަމަށާއި ހާދިސާގެ މައުލޫމާތު ލިބުމާ އެކު ފަޔާ އެންޑް ރެސްކިއުއިން އެ ސަރަހައްދަށް ގޮސް 16 މިނެޓު ތެރޭ އަލިފާން ނިވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް، އެޕާޓްމަންޓްގެ އެތެރެއަށް އަލިފާން ފެތުރި، އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް