މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މިބް9 ކުލަބާ ގުޅި، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެއައިބީން ވަނީ، މިބް9 ކްލަބުން ކަސްޓަމަރުންނަށް ގިނަގުނަ ފައިދާތަކެއް ލިބޭނެކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި:
- އޮންލައިން ޓްރާންސެކްޝަންތަކަށް އިތުރު ލިމިޓް ލިބުން
- ފައިނޭންސްކުރުމުގެ ފަސޭހަތަކެއް ލިބުން
- ދަތުރުފަތުރުގެ ޑިސްކައުންޓް ލިބުން
- ޖިމް މެމްބާޝިޕްގައި ސޭވިންސް ލިބުން
- ޕާޓްނާ ފިހާރަތަކުން ޚާއްސަ ޑީލްތައް ލިބުން
މި ހުރިހާ ފައިދާތަކެއް ވެސް ލިބޭނީ އިސްލާމިކް ބޭންކުގެ އެކައުންޓަށް މުސާރަ ޖަމާކުރާ ފުރަތަމަ މަހުން ފެށިގެން ކަމަށާއި މި ކްލަބްގެ މެމްބާޝިޕް ހޯދުމަށް ހަމައެކަނި ކުރަންޖެހޭ ކަމަކީ އިސްލާމިކް ބޭންކްގެ އެކައުންޓަށް މުސާރަ ޖަމާކުރުން ކަމަށް ބޭންކުން ބުނެއެވެ.

މިބް9 ކްލަބާ ގުޅުމުން އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި -- ފޮޓޯ/ އެމްއައިބީ
އެމްއައިބީން ފަށައިފައިވާ ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން، މިދިޔަ މަހުގެ 15އިން ފެށިގެން މިބް9 ކްލަބާ ގުޅޭ ކަސްޓަމަރުންގެ ތެރެއިން ހަތަރު ނަސީބުވެރިއަކަށް އަގުހުރި ހަތަރު އިނާމެއް ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.
އެ ޕްރޮމޯޝަނުން ދޭ އިނާމުތަކުގެ ތެރޭގައި:
- ނަސީބުވެރިއަކަށް ދެ ބޭފުޅުންގެ ދެކޮޅު ޓިކެޓް (ބަޓިކް އެއާގެ އެންމެ މަގުބޫލް ހަ ގައުމަކުން އެއް ގައުމަކަށް)
- ނަސީބުވެރިއަކަށް 1،000 ޑޮލަރުގެ ފައިސާގެ އިނާމް
- ނަސީބުވެރިއަކަށް ބޭންކުގެ ޕާޓްނަރު ޖިމަކުން އެއް އަހަރު ދުވަހުގެ ހިލޭ މެމްބާޝިޕް
- ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އެޕަލް މެކްބުކް އެއާއެއް
އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިބް9 ކްލަބްގެ އޮފާތަކާއި އިތުރު ތަފުސީލްތައް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ވެބްސައިޓުން ލިބޭނެއެވެ.