ތުލުސްދޫ ކައިރިން ބަންޑުން ޖަހައިލި ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ކޯސްޓްގާޑުން މީހުން ސަލާމަތް ކުރުން: ތުލުސްދޫ ކައިރިން ބަންޑުން ޖަހައިލި ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ -- ފޮޓޯ/ އެމްއެންޑީއެފް

ކ. ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހައިލި، 'ލިއޯ' ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ "ލިއޯ" ނަމަކަށް ކިޔާ ދޯންޏެއް، ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހާލައިގެން މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންއިން މިރޭ ހަރަކާތްތެރިވި ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ދޯނިން ހަ މީހުން ދަތުރުކުރިއެވެ.

އޭގެތެރެއިން ގެއްލިގެން ހޯދި މީހާގެ ހަށިގަނޑު މަރުވެފައި އޮއްވައި ފެނުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް ފުލުހުންނާއި، ތުލުސްދޫ ކައުންސިލް އަދި އެ ރަށު ސިއްހީ މަރުކަޒުގެ ފަރާތުން އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް