އެމް7 ޕްރިންޓުގެ 'މިނިވަން ޕްރޮމޯ'އިން އަގުހެޔޮކޮށް ޕްރިންޓުކުރުމުގެ ފުރުސަތެއް

އެމް 7 ޕްރިންޓް: އެ ފިހާރައިން ވަނީ އަގުހެޔޮކޮށް ޕްރިންޓު ކުރެވޭ ޕްރޮމޯޝަނެއް ފަށާފައި ---

އަގުހެޔޮ ޚިދުމަތްތަކާއެކު އެމް7 ޕްރިންޓުގެ މި އަހަރުގެ 'މިނިވަން ޕްރޮމޯ' ފަށައިފިއެވެ.

ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ތަފާތު އުފެންދުންތައް ޕްރިންޓު ކޮށްލެވޭނެއެވެ.

އޭގެތެރޭގައި ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ މެދުގައި މަގުބޫލު ކެންވަސްއާއި ފޮތި ބެނާ ފަދަ ތަކެތި ޕްރިންޓުކޮށްދޭނެއެވެ.

ބިޒްނަސް ކާޑުތައް ވެސް އަގުހެޔޮކޮށް، މި ޕްރޮމޯޝަންގެ ތެރެއިން ޕްރިންޓު ކޮށްލެވޭއިރު، އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ.

އަމީނީ މަގުގައި ހުންނަ އެމް7 ޕްރިންޓް ހުޅުވާނީ ހެނދުނު 08:30 އިން ހަވީރު 17:00 ޖަހަންދެނެވެ.

އެ ފިހާރައަށް ޒިޔާރަތްކޮށްގެން ޕްރިންޓު ކުރުމުގެ ޚިދުމަތް ހޯދުމުގެ އިތުރުން 9197787އަށް ގުޅައިގެން ވެސް ޚިދުމަތް ހޯދޭނެއެވެ.

comment ކޮމެންޓް