ޔުނައިޓެޑުގެ ނަޒަރު، އާޖެންޓީނާގެ ގޯލްކީޕަރު މާޓިނޭޒަށް

އާޖެންޓީނާގެ ގައުމީ ކީޕަރު އަދި އެސްޓަންވިލާގެ ކީޕަރު އެމެލިއާނޯ މާޓިނޭޒް --

ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މެންޗެސްޓާ ޔުނައިޓެޑުގެ ގޯލްކީޕަރަކަށް އާޖެންޓީނާގެ ގައުމީ ކީޕަރު އަދި އެސްޓަންވިލާގެ ކީޕަރު އެމެލިއާނޯ މާޓިނޭޒް ގެންނަން ނަޒަރު ހިންގަން ފަށައިފިއެވެ.

ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން މާޓިނޭޒް ޔުނައިޓެޑަށް ގެންނަން މަސައްކަތް ފަށާފައިވާއިރު، މީގެ ކުރިންވެސް އޭނާ ގެންނަން މަސައްކަތްކުރިއެވެ.

އުމުރުން 32 އަހަރުގެ މާޓިނޭޒް ގެނައުމުގެ ކުރިން އެ ޓީމުން އެންމެ ބޮޑަށް މަސައްކަތްކުރީ ބެލްޖިއަމްގެ 23 އަހަރުގެ ކީޕަރު ސޭނޭލެމަންސް ގެނައުމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު އޭނާގެ ކުލަބު ކަމަށްވާ ރޯޔަލް އެންޓުން އޭނާ ދޫނުކޮށްފާނެ ކަމަށް ބެލެވުމުން ޔުނައިޓެޑަށް އެހެން ވިސްނުމަކަށް ދާން މަޖުބޫރުވީއެވެ.

މާޓިނޭޒަކީ 2021 އަދި 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ އިތުރުން އެންމެ ފަހުން ބޭއްވި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރެވެ.

މި ސީޒަން ފެށުމުގެ ކުރިން އެސްޓަންވިލާ ދޫކޮށް، އެހެން ކުލަބަކަށް މާޓިނޭޒް ބަދަލުވާނެ ކަމަށް މީޑިއާތަކުގައި ވަރަށް ބޮޑަށް ވާހަކަދެކެވުނެވެ.

ޔުނައިޓެޑުގެ ކީޕަރެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވަމުން އަންނަނީ ކެމަރޫނުގެ ގައުމީ ކީޕަރު އަންދްރޭ އޮނާނާއެވެ. އޭނާއަކީ ޓީމުގައި މިވަގުތު ހުރި އެންމެ ސީނިއާ ގޯލްކީޕަރެވެ. ނަމަވެސް އޭނާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނާތީ ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޔުނައިޓެޑުން މި ސީޒަނުގައި ނެރެމުން އަންނަނީ ދަށް ނަތީޖާތަކެވެ. ޚާއްސަކޮށް ބޮޑެތި މެޗުތަކުގައި އެ ޓީމުގެ ފަރާތުން ފެންނަ ދަށް ކުޅުމާއި ގުޅިގެން ސަޕޯޓަރުންގެ ނުރުހުން އެ ކުލަބަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. މި ސީޒަނުގައި އެ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭއިރު، ގޯލު ޖެހުމުގެ ރޭޓުވެސް ބޮޑުތަނުން ދަށެވެ.

comment ކޮމެންޓް