އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ މަސްވެރިކަމުގެ ސަގާފަތް ދިރުވައި އާލާކުރުމުގެ މަގްސަދުގައި ބާއްވާ މި އަހަރުގެ މަސް ރޭހާއެކު، އުރީދޫ އެޕްގައި ޑިޖިޓަލް މަސް ރޭހުގެ ގޭމެއް ތައާރަފުކޮށްފިއެވެ.
އުރީދޫއިން ބުނީ މި ގޭމުގައި ބައިވެރިވެގެން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދާ މީހުންނަށް ރާއްޖޭގެ އެންމެ ބޮޑު ފިޝިން ޓެކްލް ފިހާރަ ކަމަށްވާ ހައި ފިޝިން ޓެކްލްސްއިން ޚާއްސަ އިނާމުތަކެއް ހުށަހަޅާނެ ކަމަށެވެ.
މިއީ ރާއްޖޭގެ މަސްވެރިކަމަށް ލޯބިކުރާ އެންމެހައި ރައްޔިތުން އުރީދޫ މަސް ރޭހުގައި ބައިވެރިވެވޭނެ އިތުރު ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ގޭމް މިހާރުން ފެށިގެން މި މަހުގެ ތިނެއް ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 އާ ހަމައަށް ލައިވްކޮށް، ކޮންމެ ވަގުތެއްގައި ވެސް، ކޮންމެ ތަނެއްގައި ވެސް ކުޅެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ އެޕްގެ ޑިޖިޓަލް މަސް ރޭހުގައި ބައިވެރިވެގެން ޚާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި -- ފޮޓޯ/ އުރީދޫ
މި ޑިޖިޓަލް ގޭމްގައި ވާދަކުރާ ޓީމުތަކުގެ ނަންތައް ވަނި ހިމަނައިފައެވެ. އެގޮތުން ކޮންމެ ކުޅުންތެރިއަކަށް ވެސް އެ ޓީމުތަކުގެ ތެރެއިން ޓީމެއް އިޚުތިޔާރުކޮށް، މަސް ހިފުމަށް ޓެޕްކޮށް، ޕޮއިންޓް އެއްކޮށްގެން ލީޑަރުބޯޑުގައި ކުރިއަށް ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
ޑިޖިޓަލީ ބާނާ ކޮންމެ މަހަކަށް އެއް ޕޮއިންޓް ލިބޭއިރު، މުބާރާތުގެ މުއްދަތުގެ ތެރޭގައި ވެސް ކުޅުންތެރިންނަށް ލީޑަރުބޯޑުގެ ކުރިއަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ.
ހައި ފިޝިން ޓެކްލްސްގެ ފަރާތުން، މި ގޭމުގެ އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދާ މީހުންނަށް ވަނީ ޕްރިމިއަމް ފިޝިން ގިއާ އިނާމުގެ ގޮތުގައި ހުށައަޅާފައެވެ.
- އެއްވަނަ: ޑައިވާ ސަލްޓިގާ 2025 ރީލް
- ދެވަނަ އަދި ތިންވަނަ: ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ ގޭންގްސްޓާ (އެޗް/ޑީ) ރޮޑްސް
އުރީދޫއިން ބުނެފައިވަނީ، އުރީދޫ އެޕް މެދުވެރިކޮށް ޑިޖިޓަލް މަސްރޭހުގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ހުރިހާ އެންމެންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ ދިވެހިންގެ ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.